ދުނިޔެ

ބްރިޓިޝް އެއާވޭސްގެ ފްލައިޓެއް އޮޅިގެން ނުބައި އެއާޕޯޓަކަށް

Mar 26, 2019

ލަންޑަން (މާޗް 26) - ޖަރުމަނުގެ ޑަސަލްޑޯފަށް ދާންއޮތް ބްރިޓިޝް އެއާވޭސްގެ ފްލައިޓެއް އޮޅިގެން އިނގިރޭސިވިލާތުގެ އެޑިންބާގު އެއާޕޯޓަށް ޖައްސައިފި އެވެ.

ލަންޑަންގެ ސިޓީ އެއާޕޯޓުން ފުރައިގެން ޑަސަލްޑޯފަށް ދިޔަ ފަސިންޖަރުންނަށް ނުބައި މަންޒިލަކަށް ދެވުނުކަން އެނގުނީ، އެޑިންބާގަށް ޖެއްސުމަށްފަހު އެކަން ފްލައިޓް ކޫރު އިއުލާނުކުރުމުންކަމަށް މީޑިއާ ރިޕޯޓުތައް ބުނެ އެވެ.

އެ އޮޅުން އަރަން މެދުވެރިވީ ފްލައިޓަށް ދޭންޖެހޭ ނުބައި ލިޔެކިޔުންތަކެއް ދެވުމުން ކަމަށާއި، ނުރަނގަޅު ފްލައިޓް ޕްލޭން ދެވުނު ސަބަބު ތަހުގީގު ކުރަމުންއަންނަ ކަމަށް ބްރިޓިޝް އެއާވޭސް އިން ވަނީ ބުނެފަ އެވެ.

އަދި އެ ފްލައިޓުން ދަތުރުކުރި ހުރިހާ ފަސިންޖަރުންނަށް ވަކިވަކިން ގުޅައިގެން މައާފަށް އެދެމުންދާކަމަށްވެސް އެ އެއާލައިނުން އިތުރަށް ބުނެފައިވެ