ހަބަރު

މެލޭޝިއާ ސަފީރު ކަމަށް ވިސާމް އައްޔަންކޮށްފި

Mar 26, 2019
1

މެލޭޝިއާއަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރު ކަމަށް، ވިސާމް އަލީ އައްޔަން ކުރައްވައިފި އެވެ.

ވިސާމް އަލީއަށް މަގާމުގެ ފަތްކޮޅު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްވީ، އެކަމަށްޓަކައި މިއަދު މެންދުރުފަހު ރައީސްގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގަ އެވެ.

އޭނާއަކީ ކުރީގެ ސިޔާސީ ލީޑަރު އަހުމަދު ތަސްމީނު އަލީ އަނބިކަނބަލުންނެވެ. ވިސާމް މީގެ ކުރިން ވަނީ ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މަޖިލިސް މެންބަރުކަން ކުރައްވާފަ އެވެ.

ވިސާމް އަލީ މެލޭޝިއާގެ ސަފީރު ކަމަށް އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން ވަނީ ރުހުން ދީފަ އެވެ.