އާސަންދަ

އާސަންދަ އެބްރޯޑް ޕޯޓަލްގައި ރަޖިސްޓްރީވާން ހުޅުވާލައިފި

މޭލޭޝިއާ އާއި ސްރިލަންކާގައި ދިރިއުޅޭ ދިވެހިން އާސަންދަ "އެބްރޯޑް ޕޯޓަލް" ގައި ރަޖިސްޓްރީވާން އާސަންދަ ކުންފުނިން ހުޅުވާލައިފި އެވެ.

އާސަންދަ އެބްރޯޑް ޕޯޓަލެއް ގާއިމް ކުރުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. މިއީ ރާއްޖެއިން ބޭރުގައި ދިރިއުޅޭ ރައްޔިތުން އާއާސަންދަ މެދުވެރިކޮށް ބޭސްފަރުވާ ކުރުމުގެ ފުރުސަތު ދިނުމުގެ ގޮތުން ހުޅުވާލާ ޕޯޓަލް އެކެވެ.

އާސަންދަ ކުންފުނީގެ އެބްރޯޑް ޕޯޓަލް ގައި ރަޖިސްޓްރީވުމުގެ ފުރުސަތު މިއަދުން ފެށިގެން ވަނީ ހުޅުވާލާފަ އެވެ. އިންޑިއާ އާއި މެލޭޝިއާ އާއި ސްރީލަންކާގައި އުޅޭ ދިވެހިންނަށް މި ޕޯޓަލްގައި އޮންލައިންކޮށް ރަޖިސްޓްރީ ކުރެވޭނެ އެވެ.

އާސަންދައިން ބުނީ އެބްރޯޑް ޕޯޓަލް އަށް ސްރިލަންކާގައި ދިރިއުޅޭ ދިވެހި ރައްޔިތުން އަހްލުވެރިކުރުމުގެ ގޮތުން މާދަމާ ހަވީރު ސްރިލަންކާގައި ހުންނަށް އާސަންދަ އޮފީހުގައި "އާސަންދަ އެބްރޯޑް ރަޖިސްޓްރޭޝަން ކޭމްޕް" ގެ ނަމުގައި ހަރަކާތެއް ހިންގާނެ ކަމަށެވެ. ހޮނިހިރު ދުވަހުގެ ނިޔަލަށް އެ ހަރަކާތް ކުރިއަށްދާނީ ސޯސަން ވިލާގަ އެވެ. މި ހަރަކާތް އޮންނާނީ ހެނދުނު 10:00 ރޭގަނޑު 10:00 އަށެވެ.

ލަންކާގައި ދރިއުޅޭ ދިވެހިންނަށް އާސަންދަ އަންނަށް އޭޕްރީލް މަހު ދޭނެ ކަމަށް ރައީސް ވިދާޅުވީ މިދިޔަ ފެބްރުއަރީ މަހު ތިން ވަނަ ދުވަހު އެވެ.