ހަބަރު

ބޭނުން ނުކުރާ ބީއޯސީގެ އެކައުންޓް ތަކެއް އުވާލަނީ

ބޭންކް އޮފް ސިލޯން (ބީއޯސީ) ގައި ހުރި ބޭނުން ނުކުރާތާ، ގިނަ ދުވަސްވީ 195 އެކައުންޓް އުވާލަން އެކައުންޓުވެ ވެރި ފަރާތްތަކަށް އެންމެ ފަހުގެ ފުރުސަތު ދީފި އެވެ.

ބީއޯސީ އިން ބުނީ ރާއްޖޭގެ ބޭންކިން ގާނޫނުގައިވާ ގޮތުގެ މަތިން ރާއްޖޭގައި ގާއިމްކޮށްފައިވާ ބޭންކެއްގައި ހުޅުވައިފައިވާ އެކައުންޓެއްގެ ވެރިފާރާތުން ފަސް އަހަރު ވަންދެން އެކައުންޓުން އެއްވެސް މުއާމަލާތެއް ކޮށްފައި ނުވާ އެކައުންޓްތަށް، "ޑޯމަންޓް އެކައުންޓެއް" ގެ ގޮތުގައި ކަނޑައަޅާނެ ކަމަށެވެ. އަދި އެގާނޫނުގެ ދަށުން ބަންދު ކުރާ އެކައުންޓްތަކުގައި ހުންނަށް ފައިސާ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އާއި ހަވާލުކުރަން ޖެހޭ ކަމަށް ވެސް ބީއޯސީ އިން ވަނީ ބުނެފައިވެ އެވެ.

ބީއޯސީ ބޭންކުގައި އެކައުންޓް ހުޅުވައިފައިވާ ފަރާތްތަކުގެ ތެރެއިން އެކައުންޓުން މުއާމަލާތް ނުކޮށް ފަސް އަހަރު ވެފައި ތިބި މީހުން އެކައުންޓް އަލުން ހުޅުވަން ބޭނުންވާނަމަ އަންނަ މަހުގެ 20 ވަަނަ ދުވަހުގެ ކުރިން އެކަން އަންގަން ޖެހޭނެ ކަމަށް ބުނެފައެވެ. އެ އިއުލާނުގައި ވަނީ އެބޭންކުގައި ހުޅުވައިފައިވާ އެކައުންޓްތަކުގެ ތެރެއިން ފަސް އަހަރު ވަންދެން އެއްވެސް މުއާމަލާތެއް ނުކޮށް ހުރި އެކައުންޓުތަކުގެ ލިސްޓް އާއްމުކޮށްފަ އެވެ. އެ ލިސްޓުގައި ޖުމްލަށް 195 އެކައުންޓްވެ އެވެ. އޭގެ ތެރެއިން ދިވެހި ރުފިޔާގެ އެކައުންޓުތަކުގެ އަދަދަކީ 116 އެވެ. އަދި ޑޮލަރު އެކައުންޓަކުގެ އަދަދަކީ 79 އެވެ.

ބޭންކް އޮފް ސިލޯންގެ ބްރާންޗެއް ރާއްޖޭގައި ހުޅުވައިފައިވަނީ 2015 ވަނަ އަހަރުގެ ސެފްޓެމްބަރު މަހު އެވެ. މިހާރު އެބޭންކުން ވަނީ ހުޅުމާލޭ ގައިވެސް އޮފީހެއް ހުޅުވައިފަ އެވެ.