ހަބަރު

ކޫއްޑޫ އާއި މާމެންދޫ ގުޅާލަދޭނަން: ނަޝީދު

Mar 27, 2019
4
މާމެންދޫގައި ބޭއްވި ޖަލްސާގައި ނަޝީދު ވާހަކަ ދައްކަވަނީ-- ފޮޓޯ: އެމްޑީޕީ
0%
100%
0%

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ގއ. ވިލިނގިއްޔާއި އެއަތޮޅު ކޫއްޑޫ ގުޅުވާލަދިނުމަށް ވައުދުވެފައި ކަމަށާއި ކޫއްޑޫ އާއި މާމެންދޫވެސް ގުޅުވާލުމަކީ މެނިފެސްޓޯގެ ވައުދެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ގއ. ދާންދޫ ދާއިރާގެ ކެނޑިޑޭޓް ޔައުގޫބް އަބުދުﷲގެ ކެމްޕެއިނަށް އެއަތޮޅު މާމެންދޫގައި އަށް ވަޑައިގެން ނަޝީދު ވިދާޅުވީ، ދަތުރުފަތުރުގެ ނިޒާމުން ރާއްޖޭގެ ރަށްތައް ގުޅާލުމަކީ މިފަހަރުގެވެސް ވަރަށް މުހިންމު ވައުދެއް ކަމަށާއި އެކަމަކީ ހުވަދު އަތޮޅަށް ވަރަށް މުހިންމު ކަމެއް ކަމަށެވެ.

"މުދަލާ ހިދުމަތް އެއްރަށުން އަނެއް ރަށަށް ބަދަލުވާން ފެށީމާ މި ހުވަދޫގެ ރަށްތައް މިހާރު މިހުރީ އެކަށީގެންވާ އާބާދީއެއްގައި، މިއަތޮޅުގެ ގިނަ ރަށްތައް މިހުރީ ކޮލަމާފުށި ފިޔަވާ ދެއްވަދޫ ފިޔަވާ، ވަރަށް ގިނައިން އަތޮޅު ދުނީގައި، އަދި އެހާމެ ގިނައިން އެއް ފަޅެއްގައި، އެއްފަޅެއްގައި ނެތަސް މި އޮންނަނީ ވަރަށް ކުދި ކުދި ކަނޑުއޮޅި ތެރޭގައި ރަށްތައް އެތުރިފައި،" ނަޝީދު ވިދާޅުވި އެވެ.

ވިލިނގިއްޔާއި ކޫއްޑޫ ގުޅުވާލުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދެއް ކަމަށާއި ކޫއްޑޫ އާއި މާމެންދޫވެސް ގުޅުވާލުމަކީ މެނިފެސްޓޯގެ ވައުދެއް ކަމަށް ނަޝީދު ވިދާޅުވި އެވެ.

"ރައީސް ސޯލިހް ވައުދުވެވަޑައިގެން ވިލިނގިއްޔާއި ކޫއްޑޫއާ ގުޅުވުމަށް، އަޅުގަނޑުމެންނަށް ޔަގީން އަޅުގަނޑުމެން މި ދައްކާ ވާހަކަ އަކީ ބޮޑު މަގެއްގެ ވާހަކަ، އަޅުގަނޑުމެންނަށް އެމަގު ގެނެވޭނެ މާމެންދޫއަށް، އަޅުގަނޑުމެންގެ މެނިފެސްޓޯ ވައުދެއް އެއީ އިރާދަ ކުރެއްވިއްޔާ ކޫއްޑޫ އާއި މާމެންދޫވެސް ގުޅުވާލުން،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ، މަސްވެރިކަމަކީ ހުވަދު އަތޮޅުގެ އެންމެ ބޮޑު މަސައްކަތް ކަމަށާއި ހުވަދޫ އަތޮޅުގެ މަސްވެރިކަމުގެ އުފެއްދުންތަކުން ރާއްޖޭގެ އިގްތިސޯދު މީގެ ކުރިންވެސް އިތުރުވެފައިވާ ކަމަށެވެ. ކުރިއަށް އޮތް ތަނުގައިވެސް އިތުރު ކުރުމަށް މަސް ޕްލާންޓްތައް ގާއިމް ކުރަންޖެހޭ ކަމަށެވެ. އެޖެންޑާ 19 އިން ކަށަވަރު ކޮށްދެނީ އެކަންކަން ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.

ނަޝީދު އިތުރަށް ވިދާޅުވީ، ރަށްރަށުގައި ގާއިމް ކުރާ މަސް ޕްލާންޓްތަކަކީ ކައުންސިލްތަކުން އުފައްދާ ކުންފުނިތައް ހިއްސާވާ ތަންތަނަށް ހަދާނެ ކަމަށާއި އެތަންތަނަކީ ސަރުކާރު ހިއްސާވާ ކުންފުނިން ހިންގާނެ ތަންތަނެއް ނޫން ކަަމަށެވެ. ލާމަރުކަޒީ ނިޒާމުން ކައުންސިލްތަކަށް ރައްޔިތުންނަށް ފައިދާވާ ކުންފުނިތައް އުފެއްދުމުގެ ބާރު ލިބިގެންދާނެ ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.

4 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

އަލީ ނަސީމް

ތީހުސްދޮގު މަޖިލިސްކެމްޕޭނައް ދައްކާވާހަކަ ގުޅާލާނެގޮތް ނުވެސް އެގޭނެ ނުވެސް ކުރެވޭނެ ރއްޔިތުންގެ ބޯކަނީ

މއ

ލާދީނީ އަންނި

ބަކުރުގެ ތަކުރު

ރައީސް ސޯލިހު ރިޔާސީ ކެމްޕެއިންގަ ވިދާޅުވި : ކޫއްޑު އާއި ވިލިގިނލި ބުރިޖަކުން ގުޅާލާނެކަމަށް، މިހާރު ރައީސް ނަޝީދު ތިވިދާޅު ވީ މާމެންދު އާއި ކޫއްޑޫ ގުޅުއްވާނެ ކަމަށް.މިޙާރު ޚިޔާލީ މަންޒަރު ސަޅި، ތިކަން ވާނެ ބާ؟ ޚިޔާލީ ފޮލާ އެއްނޫން ބާ؟ ތި ދެބޭފުޅުން ގެ ތެރެއިން ކޮންބޭފުޅެއްގެ ވަޢުދެއްތޯ ފުއްދިގެން ދާނީ؟؟

ހުވާތަ

އިންޖިނިއަރުން ކޮބައި ފައިސާ ލިބިފަހުރީ. ދިވެހި ޒުވާނުން މީނައަށް ދައްކާ ދަޅައަށް ނުހެއްލޭތި

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345