އާސަންދަ

އާސަންދައިން ބޭސް ފިހާރައެއް ސަސްޕެންޑްކޮށްފި

އާ ސަންދައިން ބަލަމުންދާ މައްސަލައަކާއި ގުޅިގެން ހުޅުމާލޭގައި ބޭސް ވިއްކަމުންދާ ފާމަސީއަކުން އާސަންދަ ސްކީމްގެ ދަށުން ވަގުތީ ގޮތުން ބޭސް ދޫކުރުން މަނާ ކޮށްފި އެވެ.

އާސަންދަ މެދުވެރިކޮށް ބޭސް ދިނުން ސަސްޕެންޑް ކުރީ ހުޅުމާލޭގައި ހުންނަަ ޔުނީކް ފާމަސީ އެވެ. އާސަންދަ މެދުވެރިކޮށް ބޭސް ދިނުން ހުއްޓާލީ ކޮން މައްސަލައަކާއި ގުޅިގެން ކަމަށް އާސަންދައަކުން ނުބުނެ އެވެ.

އާސަންދައިގެ މީޑިއާ އޮފިޝަލް އަވަސް ވިދާޅުވީ، އާސަންދައިން އެ ފާމަސީ އާއި ގުޅުން ހުރި މައްސަލަ އެއް ބަލަމުންދާ ކަމަށާއި، އެމައްސަލަ ބަލައި ނިމޭނެ ދުވަހެއް ވެސް އަދި ދަންނަވަން އެނގިވަޑައި ނުގަންނަވާ ކަމަށެވެ. އަދި މައްސަލަ ބަލައި ނިމުމުން އެކަން މީޑިއާތަކާއި ހިއްސާ ކުރާނެ ކަމަށް ވެސް ބުންޏެވެ.