ފިނޭންސް މިނިސްޓްރީ

38 ރަށެެއްގެ ފެނާއި ނަރުދަމާގެ ޑިޒައިންނަށް ކޮންސަލްޓެންޓުން ހޯދަނީ

ފިނޭސް މިނިސްޓްރީން 15 ރަށެއްގައި ފެނުގެ ނިޒާމައި 23 ރަށެއްގައި ގާއިމްކުރާނެ ފެނާއި ނަރުދަމާގެ ނިޒާމުގެ ޑިޒައިން މަސައްކަތަށް ކޮންސަލްޓެންޓުން ހޯދަން އިއުލާންކޮށްފި އެވެ.

ފިނޭސް މިނިސްޓްރީން ކުރި އިއުލާނުގައި ބުނީ ފެނާއި ނަރުދަމާގެ މަސައްކަތް ކޮށް ދިނުމަށް ޝައުގުވެރިވާ ކޮންސަލްޓެންޓުން، އެމަސައްކަތުގެ ތެރޭގައި ހިމެނޭ ޕްލިމިނަރީ ޑިޒައިން، ޑީޓެއިލްޑް ޑިޒައިން، ޓެކްނިކަލް ސްޕެސިފިކޭޝަން އާއި ބިލް އޮފް ކުއަންޓިޓީސް (ބީ.އޯ.ކިއު) އަދި އެންވަޔަރުމެންޓް އިންސްޕެކްޓް އެސެސްމަންޓް (އީއައިއޭ) ހަދައި ދިނުމުގެ މަސައްކަތް ކޮށްދޭން ޖެހޭނެ ކަމަށެވެ.

ފިނޭސް މިނިސްޓްރީން ބުނީ ފެނާއި ނަރުދަމާގެ މަސަައްކަތަށް ބޭނުންވާ ޑިޒައިން ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން، އެމަސައްކަތް ކުރެވޭނެ ކަމުގެ ގާބިލްކަން ސާބިތުކޮށްދޭ ލިޔެކިޔުން ފިނޭސް މިނިސްޓްރީއަށް އަންނަ، އެޕްރީލް މަހުގެ 17 ވަނަ ދުވަހުގެ ކުރިން ފިނޭސް މިނިސްޓްރީއަށް ހުށަހަޅަން ޖެހޭނެ ކަމަށެވެ. އަދި އެފަރާތްތަކުގެ ތެރެއިން ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ދައުވަތު މިނިސްޓްރީން ދޭނެ އެވެ.

ފެނާއި ނަރުދަމާގެ ނިޒާމް ގާއިމް ކުރުމަށް ހަމަޖެހިފައިވާ 23 ރަށް

ހދ.ކުމުންދޫ، ހދ.ހިރިމަރަދޫ، ހއ.ވަށަފަރު، ހއ.ތަކަންދޫ، ނ.ފޮއްދޫ، ނ.ކުޑަފަރީ، ނ.މާފަރު، ނ.މާޅެންދޫ، ށ.ގޮއިދޫ،
ޅ.އޮޅުވެލިފުށި، ރ.ފައިނު، އއ.ފެރިދޫ، އއ.ހިމަންދޫ، އދ.ކުންބުރުދޫ، މ.ނާލާފުށީ، މ.ރަތްމަންދޫ، ވ.ކެޔޮދޫ، ވ.ރަކީދޫ ގއ.ދެއްވަދޫ، ގއ.ނިލަންދޫ، ގދ.ނަދެއްލާ، ލ.ހިތަދޫ އަދި ލ.ކުނަހަންދޫ އެވެ.

ފެނުގެ ނިޒާމް ގާއިމް ކުރުމަށް ހަމަޖެހިފައިވާ 15 ރަށް

ހއ.މާރަންދޫ، ހއ.މުރައިދޫ، ނ.ހެނބަދޫ، ނ.މަނަދޫ، ށ.ފީވަށު، ބ.ކަމަދޫ، ބ.މާޅޮސް، ރ.އިންނަމާދޫ، ކ.ހިންމަފުށީ، އދ.އޮމަދޫ، އއ.މަތިވެރި، އދ.ދިއްދޫ އދ.ފެންފުށީގައި ތ.ދިޔަމިގިލީ އަދި ތ.މަޑިފުށި އެވެ،

ފިނޭސް މިނިސްޓްރީން މިމަހަ 18 ވަނަ ދުވަހު 11 ރަށެއްގައި ފެނާއި ނަރުދަމާ އަޅައިދޭނެ ބަޔަކު ހޯދަން އިއުލާންކޮށްފަ
އެވެ.