ހަބަރު

މުސޫމާބެހޭ ބައްދަލުވުމުގައި މިނިސްޓަރު ހުސެއިން ތަގުރީރު ކުރައްވައިފި

Mar 29, 2019

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ހާއްސަ މަންދޫބެއްގެ ގޮތުން ހައި-ލެވެލް މީޓިން އޮން "ކްލައިމެޓް އެންޑް ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް ފޯ އޯލް" ގައި އެންވަޔަރަންމަންޓް މިނިސްޓަރު ޑރ. ޙުސެއިން ރަޝީދު ޙަސަން ބައިވެރިވެވަޑައިގެންފި އެވެ.

އެމެރިކާގެ ނިއުޔޯކްގައި އޮތް މި ބައްދަލުވުމަކީ އދ ގެ އާއްމު މަޖިލިސްގެ ރައީސްގެ ފަރާތުން ބާއްވާ ޖަލްސާއެކެވެ. މި ޖަލްސާގައި މައިގަނޑު ގޮތެއްގައި އޮންނަނީ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލްކުރުމުގައި، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިމާވާ ކަންތައްތަކުން ރައްކާތެރިވެ، މިހާރާއި އަދި އަންނަން އޮތް ޖީލުތަކަށް ރައްކާތެރި ތިމާވެއްޓަކާއި، އިޖްތިމާއީ ގޮތުންނާއި އިގްތިސޯދީގޮތުން ރައްކާތެރި މާހައުލެއް ބިނާ ކުރުމާއި ބެހޭގޮތުންނެވެ.

މި ބައްދަލުވުމުގައި ތަޤްރީރު ކުރައްވަމުން މިނިސްޓަރު ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކަށް ރައީސް އިބްރާހިމް މުހައްމަދު ޞޯލިޙްގެ ސަރުކާރުގައި އިސްކަން ދޭ ކަމަށާއި އެ ބަދަލުތަކުގެ ސަބަބުން ލިބޭ ގެއްލުމާމެދު އަޑުއުފުލައި އަޅަންޖެހޭ ފިޔަވަޅުތައް ވީ އެންމެ އަވަހަށް އަޅަން ރާއްހެ ފަސްނުޖެހޭނެ ކަމަށެވެ.