އެމްއެމްއޭ

އެމްއެމްއޭ ޔޫތް އެންޓަޕްރެނާސް ފޯރަމަށް ބޮޑު ތަރުހީބެއް

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ކުރިއަށް ގެންދިޔަ ގްލާބަލް މަނީ ވީކުގެ ހަރަކާތުގެ ތެރެއިން ބޭއްވި ޔޫތް އެންޓަޕްރެނާސް ފޯރަމް އަށް ޒުވާނުންގެ ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށް އެމްއެމްއޭ އިން ބުނެފި އެވެ.

ޔޫތް އެންޓަޕްރެނާސް ފޯރަމް ބާއްވާފައިވަނީ ތިން އަތޮޅެއްގަ އެވެ. އެއީ ހދ. ކުޅުދުއްފުށި، ލ. ފޮނަދޫ އަދި ގދ. ގައްދޫ އެވެ. އެފެއާގައި އެމްއެމްއޭ އިން ވަނީ އަމިއްލަ ވިޔަފާރިއެއް ފެށުމަށް ބޭނުންވާ މުހިންމު މައުލޫމާތުތަކެއް ފޯރަމްގައި ބައިވެރިވި ޒުވާނުންނަށް ދީފަ އެވެ. އަދި ރާއްޖޭގައި އަމިއްލަ ވިޔަފާރިތަކަށް ހުރި ފުރުސަތުތަކުގެ މައުލޫމާތު ވެސް ފޯރަމްގެ ބައިވެރިންނަށް ވަނީ ދީފަ އެވެ. މީގެ އިތުރުން އެމްއެމްއޭ އިން ވަނީ ޔޫތް އެންޓަޕްރެނާސް ގައި ތިން ވިޔަފާރިވެރިއައަކު ވަނީ ވިޔަފާރީގައި ދިމާވާ ދަތިތަކާއި ގޮންޖެހުން ތަކުން އަރައިގަންނާނެ ގޮތުގެ މައުލޫމާތު ދީފަ އެވެ.

ގްލޯބަލް މަނީވީކަކީ ދުނިޔޭގެ އެކި ގައުމުތަކުގައި މާލީ އަދި ފައިސާ އާއި ގުޅުންހުރި ކަންތައްތަކަށް ކުޑަކުދިންނާއި ޒުވާނުން ހޭލުންތެރިކުރުމަށް ޚާއްސަކުރާ ހަފްތާއެކެވެ. އެގޮތުން ރާއްޖޭގައި ގްލޯބަލް މަނީ ވީކް ފާހަގަ ކުރުމުގެ ގޮތުން އެމްއެމްއޭ އިން ވަނީ މުޅި ރާއްޖެ ޝާމިލް ވާގޮތަށް ހަރަކާތްތަކެއް ހިންގާފަ އެވެ

އެމްްްއެމްއޭ އިން ގްލޯބަލް މަނީ ވީކް ފާހަގަ ކުރުމުގެ ގޮތުން ބޭއްވި ހަރަކާތްތަކުގެ ތެރޭގައި، ފައިނޭސް ފެއާއެއް ބޭއްވުމާއި ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ގްލާބަލް މަނީ ވީކް އާބެހޭ ގޮތުން މައުލޫމާތު ދިނުމުގެ ޝެޝަނެއް ވަނީ ބާއްވާފަ އެވެ. މީގެ އިތުރުން ފައިސާގެ ވީޑިއޯ އެއް ހަދައިގެން 1000ރ ލިބޭ މުބާރާތެއް ވެސް އެމްއެމްއޭ އިން ވަނި ބާއްވުމާއި، ޔޫތް އެންޓަޕްރެނާސް ފޯރަމް ވަނީ ބާއްވާފައިފަ އެވެ.