ހަބަރު

ފަގީރުންގެ ދަފުތަރުގައި ރަޖިސްޓަރީވާން ހުޅުވާލައިފި

މި އަހަރުގެ ފަގީރުންގެ ދަފްތަރުގައި ރަޖިސްޓަރީވާން އިސްލާމިކް މިިނިސްޓްރީން ހުޅުވާލައިފި އެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ވަނީ، 1440 ވަނަ ވަނަ އަހަރުގެ ފަގީރުންގެ ދަފްތަރުގައި ރަޖިސްޓަރީވާން ބޭނުންވާ ފަރާތްތަކަށް އަންނަ ބުދަ ދުވަހުން ފެށިގެން މިމަހުގެ 28 ވާ އާދީއްތަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.

ފަގީރުންގެ ދަފްތަރުގައި ރަޖިސްޓަރީވާން އެދޭ ފަރާތްތަކުން ފޯމް ފުރުމަށްފަހު ހުށަހަޅަންޖެހޭނީ ކޮންމެ ރަށެއްގެ ރަށުކައުންސިލް ނުވަތަ ސިޓީ ކައުންސިލަށް ކަމަށެވެ. އަދި މާލޭއިން ނަމަ ފޯމު ހުށަހަޅަންޖެހޭނީ އިސްލާމިކް މިނިސްޓްރީއަށް ކަމަށްވެސް އެމިނިސްޓްރީން ބުންޏެވެ.

ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ މިދިޔަ އަހަރު ހެދި ދިރާސާއަކުން ދައްކާ ގޮތުގައި ރާއްޖޭގެ އާބާދީގެ 8.2 މީހުންނަކީ ފަގީރުން ކަމަށެވެ. އެގޮތުން ފަގީރުން އެންމެ ގިނައީ ގދ. އަތޮޅުގައި ކަމަށެވެ.