ވެމްކޯ

ވެމްކޯއިން ވެސް ވިހޭގެ ޗުއްޓީ ދޭން ފަށައިފި

ވެމްކޯގެ މުވައްޒިފުންތަކެއް: މި ކުންފުނިން ވެސް ވަނީ ވިހޭގެ ޗުއްޓީ ދޭން ނިންމާފައި -- އަހުމަދު ނާއިމް | އަވަސް
0%
0%
0%

ވިހެއުމުން ދޭން ނިންމި ހަމަ ދުވަހުގެ ޗުއްޓީއާ އެއްގޮތަށް ވެމްކޯއިން ވެސް ވިހޭގެ ޗުއްޓީ އިތުރުކޮށްދީފި އެވެ. އަދި ވެމްކޯއިން އިން ވެސް ވަނީ އަންހެނުން ވިހެއުމުން ބައްޕައަށް އެއްމަސް ދުވަހަށް ޗުއްޓީ ދޭން ހަމަޖައްސާފަ އެވެ.

ވެމްކޯއިން ބުނީ ވިހޭގެ ޗުއްޓީ ހަމަހަށް އިތުރު ކުރީ ކުންފުނީގެ ބޯޑުން ކަމަށައި މުވައްޒިފު ރަޖިސްޓްރީ ކޮށްފައިވާ ސިއްހީ މަރުކަޒަކުން ދޭ ސެޓްފިކެޓް ހުށަހެޅުމުން މުސާރަ ހިނގާ ގޮތަށް ހަމަސް ދުވަހުގެ މެޓާނިޓީ ލީވް ދޭނެ ކަމަށެވެ.

މީގެ އިތުރަށް ވެމްކޯއިން ވަނީ މިވަގުތު ޗުއްޓީގައި ތިބި މުވައްޒިފުންނާއި، ޗުއްޓީ ނިންމާފައިވާ މުވައްޒިފުންގެ ތެރެއިން ދަރިފުޅަށް ހަމަސް ނުވާ ހުރިހާ އަންހެން މުވައްޒިފުންނަށް ދަރިފުޅަށް ހަމަސް ވަންދެން ޗުއްޓީ ދޭން ނިންމާފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345