ބޭންކް އޮފް މޯލްޑިވްސް

ބީއެމްއެލް ވާއު ކިޑްސް ރަން މިމަހު 27 ގައި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި ޓީއެފްޖީ ގުޅިގެން ބާއްވާ ކުޑަކުދިންގެ ދުވުމެއް މިމަހު 27 ވަނަ ދުވަހު ބާއްވަން ނިންމައިފި އެވެ.

ކުޑަކުދިންގެ މި ދުވުމާ ގުޅޭ ގޮތުން މައުލޫމާތު ދޭން މިއަދު ޓީއެފްޖީގައި ބޭއްވި ބައްދަލުވުމެއްގައި، ބީއެމްއެލްގެ މެނޭޖާ ޕްބަލިކް ރިލޭޝަން މުހައްމަދު ސައީދު ވިދާޅުވީ، މި ދުވުމަކީ އާކްއިން ކުރިއަށް ގެންދަން ނިންމާފައިވާ ބުލީ ކުރުމާ ދެކޮޅު ހަރާކާތަށް ފަންޑް ރެއިޒް ކޮށްދޭ ދުވުމެއް ކަމަށެވެ. މި ދުވުން އޮންނާނީ ހުޅުމާލޭގަ އެވެ.

ޓީއެފްޖީން ބުނީ ދުވުމުގައި ހަތަރު އުމުރު ފުރައެއްގެ ކުދިންނަށް ބައިވެރިވުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. އެއީ ހަތަރު އަހަރާއި ހަ އަހަރުގެ އުމުރުފުރާ އާއި ހަ އަހަރާއި އަށް އަހަރުގެ އުމުރުފުރާ އާއި އަށް އަހަރާއި 10 އަހަރުގެ އުމުރުގެ ފުރާގެ ކުދިންނާއި، 10 އަހަރާއި 13 އަހަރުގެ ކުދިންގެ އުމުރުފުރާ އެވެ.

ހަތަރު އަހަރާއި އަށް އަހަރުގެ ކުދިން ދުވާނީ ބެލެނިވެރިންނާއި އެކުގަ އެވެ. އަދި 10 އަހަރާއި 13 އަހަރުގެ ކުދިން ދުވަނީ އެކަންޏެވެ. ބެލެނިވެރިންނާއެކު ދުވާ އުމުރުފުރައިގެ ކުދިންގެ އަތުން ރަޖިސްޓްރޭޝަން ފީއެއްގެ ގޮތުގައި 299ރ ނަގާނެ އެވެ. އަދި ބެލެނިވެރިންނާ ނުލައި ދުވާ އުމުރު ފުރައިގެ ކުދިންގެ އަތުން 199ރ. ނަގާނެ އެވެ.

މި އަހަރުގެ ދުވުމުގައި އެއްހާސް ޖާގަ ދޭނެ އެވެ.