ވިޔަފާރި

އެމްޓީޑީސީ ބޯޑަށް އާއްމު ހިއްސާދާރުންގެ ފަސް ޑިރެކްޓަރުން ހޯދަނީ

މޯލްޑިވްސް ޓޫރިޒަމް ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އިން އާއްމު ޑިރެކްޓަރުން ތަމްސީލް ކުރާނެ ފަސް ޑިރެކްޓަރުން ހޯދަން އިއުލާނުކޮށްފި އެވެ.

އެމްޓީޑީސީ އިން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނީ އެ ކުންފުނީގެ ހިންގާ ގަވާއިދާއި ޕަބްލިކް ކުންފުނިތައް އަމަލު ކުރުމަށް ސީއެމްޑީއޭއިން ކޯޕަރޭޓް ގަވަނަންސް ކޯޑާއި އެއްގޮތުގެ މަތިން އެ ކުންފުނީގެ ބޯޑު ތަމްސީލް ކުރުމަށްޓަކައި ފަސް ޑިރެކްޓަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

އެމްޓީސީގެ ބޯޑަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަން ޖެހޭ ޝަތުރުތަކުގެ ތެރޭގައި އެ ކުންފުނީގެ 50 ޕަސެންޓް ހިއްސާ އޮތް މީހަކަށްވުމާއި ތައުލީމީ އަދި ތަޖުރިބާ ހުރި ގާބިލް މީހަކަށްވުން ހިމެނެ އެވެ. މީގެ އިތުރުން ލިސްޓް ކުރެވިފައިވާ ކުންފުނިތަކުގެ ތެރެއިން ދެ ބޯޑެއްގައި ހިމެނިފައިނުވާ މީހަކަށްވުން ހިމެނެ އެވެ. މި މަގާމަށް ކުރިމަތިލުމުގެ ސުންގަޑިއަކީ މިމަހުގެ 22 ވަނަ ދުވަހެވެ.

ސަރުކާރާއި ރައްޔިތުން ހިއްސާވާ ކުންފުނީގެ ބޯޑުގައި މިހާރު ތިއްބެވީ ޗެއާމަން އަބްދުﷲ ފާއިޒު އާއި އެމްޑީ ތަޒްމީލް އަހުމަދު އަދި ޑެޕިއުޓީ އެމްޑީ އަހުމަދު ނިޔާޒު އެވެ. އަދި އާއްމު ހިއްސާދާރުން ތަމްސީލް ކުރައްވާ ޑިރެކްޓަރުގެ ގޮތުގައި ތިއްބެވީ މުހައްމަދު ޖަނާހު އާއި އާރިފް އަބްދުއްސަމަދު އަދި އަބްދުﷲ ނިސާން އާއި އަބްދުﷲ ސައީދު އަދި އައިޝަތު ފަޒީނާގެ އިތުރުން މުހައްމަދު ފާތިހު އެވެ.