ބޮލީވުޑް

"ފޭން"ގައި އަހަރެން ކުޅެނީ ތަރިއެއް އުފައްދާ މީހާގެ ރޯލް: ޝާހްރުކް

Jul 11, 2015

ސުޕްސްޓާ ޝާހްރުކް ޚާން ލީޑްރޯލު ކުޅެފައިވާ "ފޭން"ގެ ފުރަތަމަ ޓީޒާ އަދި ރިލީޒްކުރާ ދުވަސް ބުރާސްފަތި ދުވަހު އާންމުކޮށްފައިވާއިރު، މިފިލްމުގައި ޝާހްރުކް ކުޅޭނީ ސުޕްސްޓާރެއް އުފައްދާ މީހެއްގެ ރޯލުކަމަށް އޭނާ ބުނެފި އެވެ.

މަނީޝް ޝަރްމާ ޑައިރެކްޓްކޮށްފައިވާ މިފިލްމުގައި ޝާހްރުކް ކުޅެފައިވާ ރޯލާއި ބެހޭގޮތުން ޓްވިޓާގައި ވަނީ އޭނާ މިފިލްމުގައި ކުޅެނީ ދުނިޔޭގެ އެންމެ މަޝްހޫރު ތަރި އުފެއްދުމުގެ މަސައްކަތް ކަމަށެވެ. އަދި އެއީ ތިމަންނަވެސް އުފެއްދި މީހާކަމަށާއި ތިމަންނަ އަކީ އޭނާގެ "ފޭން" ލިޔެފައިވެ އެވެ.

މިހާރު އާންމުކޮށްފައިވާ 63 ސިކުންތުގެ ޓީޒާ އާންމުކުރުމުގެ އެއްދުވަސްކުރިން ޝާހްރުކްގެ ގޭގެ ބޭރު ފާރުގައި ގޯރަވް ނަމަކަށް ކިޔާ މީހަކު ލިޔުނުކަމަށްވާ "ލަވް ޔޫ އެސްއާރްކޭ" އަދި "ސީ ޔޫ އޮން ފިފްޓީންތް" މިމެސެޖަކީ ފިލްމުގެ ޕްރޮމޯޓްކުރުމަށް ބޭނުންކުރި އުކުޅެއް ކަމަށާއި މިކަމުން އަންގައިދޭން ބޭނުންވީ ފިލްމީ ތަރިންނަށް ސަޕޯޓްކުރާ އެމީހުންގެ ފޭނުން އެމީހުންނަށް ސަޕޯޓްކުރުމުގެ ގޮތުން ކޮންމެ ފަދަ ކަމެއްވެސް ކޮށްފާނެ ކަން ކަމަށް މިފިލްމުގައި ހަރަކާތްތެރިވާ ފަރާތަކުން ވަނީ ބުނެފަ އެވެ.

ހަތަރު ބުރިއަށް ހުންނަ ޝާހްރުކްގެ ގެ "މަންނަތު" ގެ ފާރުގައި ކުރަހާފައިވާ ގްރެފިޓީގެ ވާހަކަ ބޮލީވުޑްގެ ހަބަރުތައް ގެނެސްދޭ ނޫސްތަކުގެ ފަލަ ސުރުހީ އަށް އަރާފައިވާއިރު، މިއީ ފިލްމުގެ ޕްރޮމޯޝަން ތަފާތު ގޮތަކަށް ކުރުމުގެ ގޮތުން ކޮށްފައިވާ ކަމެކެވެ.

ޝާހްރުކް ގޯރަވް ނަމަކަށް ކިޔާ މީހެއްގެ ރޯލުން ފެނިގެންދާ "ފޭން"ގެ ފުރަތަމަ ޓީޒާއިން ފެނިގެންދަނީ ޝާހްރުކް ދެއަތް ފުޅާކޮށްގެން ހުންނަ އޭނާގެ ސިގްނޭޗާ ޕޯޒްގައި ހުންނަތަން ފެނުމުން އޭނާއަށް މަރުދޭ އެތައް ހާސް ފޭނުންނެއް އޭނާ ބަލާލުމަށް އެއްވެ ތިބޭ މަންޒަރެވެ. ޓީޒާ ނިމުމަކަށް އަންނައިރު ފެނިގެންދަނީ ދުނިޔޭގެ ހުރި އެންމެ ބޮޑު ސުޕަސްޓާރުގެ އެންމެ ބޮޑު "ފޭން" ގެ ގޮތުގައި ޝާހްރުކް ފެނިގެންދާ ގޮތެވެ.

ޔާޝް ރާޖް އިން ޕްރޮޑިއުސްކޮށްފައިވާ މިފިލްމު ރިލީޒްކުރުމަށް ހަމެޖެހިފައިވަނީ އަންނަ އަހަރުގެ އެޕްރީލް މަހުގެ 15 ވަނަ ދުވަހު އެވެ.

"ފޭން'ގެ ޓީޒާ