މަޖިލިސް އިންތިހާބު 2019

ވިސްނާ! ޕާޓީ މަޖިލީހެއް ހޮވައިގެން އެއްކަމެއް ވެސް ނުވާނެ: މުޚްތަބާ

މާފަންނު ދެކުނު ދާއިރާއަށް އަމިއްލަ ގޮތުން ވާދަ ކުރައްވާ އިސްމާއިލް މުޚްތަބާ އޭނާގެ ކެމްޕޭން ޖަލްސާގައި މިރޭ ވާހަކަ ދައްކަވަމުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެރިކަމަށް ގެނައުމަށްޓަކައި ހެދި ކޯލިޝަށް ވަރަށް ބޮޑަށް ފާޑު
ވިދާޅުވެއްޖެ އެވެ.

އެޖަލްސާގައި ވާހަކަ ދައްކަވަމުން މުޚްތަބާ ވިދާޅުވީ، ،މިހާރު މިއޮތް ކޯލިޝަނަކީ ސަރުކާރު ކޯލިޝަނެއް ކަމަށް ބައެއް ބޭފުޅުން ވިދާޅުވި ނަމަވެސް، ކޯލިޝަނުގައި ހިމެނޭ ޕާޓީތަކުގެ މަޖިލިސް މެމްބަރުން މިހާރުވެސް ތިބިއިރު މަޖިލިސް ތެރެއިން ސަރުކާރަށް އެއްވެސް ކަމެއް ނުކުރެވޭ ކަމަށެވެ. އެކަން އެހެން ވަނީ ޕާޓީ މަޖިލިސްއަކަށް ވުމުން ކަމަށާއި އަދި އެކަމުގެ ސަބަބުން ކޯލިޝަނަށް އޮތް އިތުބާރު މިހާރު ގެއްލިފައިވާ ކަމަށް މުޚްތަބާ ވިދާޅުވި އެވެ.

"ކޯލިޝަނެއް ހަދައިގެން ކިހިނެއްތޯ މިވަނީ؟ ކޯލިޝަން ސަރުކާރެއް، އެކަމަކު މަޖިލިސް އަށް ވާކަމެއް ނެތް، ރައީސްއަށް އެއްވެސް މިނިވަންކަމެއް ނެތް ކަމަށް ރަައީސް އަމިއްލައަށް އެބަ ބުނޭ، ކޯލިޝަނަށް އިތުބާރެއް ނެތް،" މުޚްތަބާ ވިދާޅުވި އެވެ.

މުޚްތަބާ ވިދާޅުވީ ގެއްލިފައިވާ ފަރާތްތަކާއި މަރުވެފައިވާ މީހުނަށް ވީގޮތެއް އޭނާވެސް އެގެން ބޭނުންވާ ކަމަށެވެ. އަދި ކޮރަޕްޝަން މެދުވެރިކޮށް ގެއްލުވާލައިފައިވާ ފައިސާ ވީތަނެއްވެސް އެގެން ބޭނުންވާ ކަމަށެވެ. ނަމަވެސް މިކަންތަކުގެ ހަގީގަތް ރައްޔިތުންނާ ހަމައަށް ފޯރުކޮށް ނުދެވޭތޯ ބަލަން ބައެއް ސިޔާސީ ޕާޓީތަކުން މަސައްކަތް ކުރާ ކަމަށެވެ. އަދި ސިއްރު ކޮމިޓީތަކުގެ މެދުގައި ދެކެވިގެންދާ ވާހަކަތަށް ރައްޔިތުންނަށް އެގިގެންދާނެ ދުވަސް ދެކެން ބޭނުންވާ ކަމަށާއި އެފަދަ ކަންތަށް ހުއްޓުވަން ކޮންމެހެން ރައްޔިތުންގެ މަޖިލިސް ތެރެއިން ގާނޫނެއް ހަދަން ނުޖެހޭ ކަމަށެވެ. އެކަން ކުރުމަށް ބޭނުންވަނީ ސިޔާސީ ނުފުޒޫން މިނިވަން ވެފައިވާ ކޮމިޝަނެއް ކަމަށް މުޚްތަބާ ވިދާޅުވި އެވެ.

"ދެން މިދައްކަނީ ގޮތް ނޭގޭ މަރުތަކެއްގެ ވާހަކަ ކޮމިޝަންތަކެއް ހަދައިގެން ކޮރަޕްޝަން މިހުރީ، މިއުޅެނީ މަޖިލިސް ތެރެއިން ހުއްޓުވާލައިގެން، ތަންކޮޅެއް ކުރުކޮށް ދަންނަވާލާނަމަ ދަންނަވާލަން މިއުޅެނީ، ޕާޓީތަކުން އެއްބާރުލުން ނުދިނަސް، އަޅުގަޑުވެސް ބޭނުން އެމަރުތަކަށް ވީގޮތް ބަލަން، ކޮމިޝަންތަކަށް ބާރު ލިބެން ޖެހޭ، ސިޔާސީ ނުފޫޒުން ބޭރުން އެކަންތަށް ކުރަން ޖެހެނީ" މުޚްތަބާ ވިދާޅުވި އެވެ.

ކޯލިޝަނަށް އިތުރަށް ފާޑު ވިދާޅުވެ މުޚްތަބާ ވިދާޅުވި، ކޯލިޝަން ހަދަން ޖެހެނީ ރައްޔިތުންގެ މަސްލަހަތު އިސްކުރަން ކަމަށެވެ. ރައީސަކު ހޯދަން ނޫން ކަމަށެވެ. މުޚްތަބާ ވިދާޅުވީ، ކޯލިޝަން ހެދިއިރު އެހެން ޕާޓީ އެއްގައި ހުރެފައި، ކުއްލިއަކަށް ވަޒީފާގެ ބޭނުމުގައި ކޯލިޝަނުގައި ހިމެނޭ ކޮންމެވެސް އެހެން ޕާޓީ އަކާއި ގުޅުނު ފަރާތްތަށްވެސް މިހާރު ސަރުކާރުގެ އިސް މަގާމުތަކުގައި އެބަތިބި ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުގެ އާއިލާ މީހުނަށް ސަރުކާރުން ގިނަ އަދަދެއްގެ ވަޒީފާތަކެއް ހަމަޖައްސައިދީފައިވާ ކަމަށެވެ. މުޚްތަބާ ވިދާޅުވީ، މަޖިލިސް މެމްބަރުންގެ އާއިލާ މީހުނަށް ސަރުކާރުން ދީފައިވާ ގިނަ އަދަދެއްގެ ވަޒީފާއަކީ ކޮރަޕްޝަންގެ އަމަލުތަށް ކަމަށާއި، މިފަދަ ކަންތައްވެސް ބެލެވެން ޖެހޭނެ ކަމަށެވެ. އެނާ މަޖިލިސް އަށް ހޮވިޖެއްނަމަ މިފަދަ ގޮތްގޮތަށް ވަޒީދާ ދީފައިވާ ފަރާތްތަށް މަޖިލިސްއަށް ހާޒިރު ކުރާނެ ކަމަށް ވިދާޅުވި އެވެ.

"ކޮބާތޯ ކޯލިޝަނެއްގެ ބޭނުމަކީ ހަމައެކަނި ރައީސަކު ހޯދުންތޯ؟ ކޯލިޝަން އޮންނަން ޖެހޭނީ ރައްޔިތުންނަށް، ކޯލިޝަން އޮންނަން ޖެހޭނީ ރައްޔިތުންގެ ކަންކަން އިސްކުރަން، އެކަމަކު މީހާރު މިފެންނަނީ ކޯލިޝަންގެ މީހަކު އެހެންވެސް މަގާމެއްގެ ބޭނުމެއްގެ ކުލަ ބަދަލުކުރާތަން، މަޖިލިސް މެމްބަރެއްގެ ހުރިހާ އެންމެނަށް އެކެއް ދޭ ތިނެއް ނޫން ހަތަރު މީހުނަށް ސަރުކާރުގެ ބޮޑެތި މަގާމުތަށް ކޮބާތޯ ލަދު" މުޚްތަބާ ވިދާޅުވި އެވެ.

ޖަލްސާގައި އިތުރަށް ވާހަކަ ދައްކަވަމުން މުޚްތަބާ ވިދާޅުވީ، އޭނާ މަޖިލިސް އަށް ކުރިމަތިލާން ނިންމީ އެފަދަ ކޮރަޕްޝަންގެ އަމަލުތަށް ހުއްޓުވުމަށް ކަމަށެވެ. މީގެ ކުރިން އޭނާ ހުންނެވީ ގޭގައި ކަމަށާއި، މަޖިލިސް އިންތިހާބުގައި ވާދަކުރުމުގެ ފަހަތުގައި ފޮރުވިފައިވާ އެހެން އެއްވެސް ސިއްރު އެޖެންޑާ އެއް ނޯންނާނެ ކަމަށެވެ.

"އެކަމް މީހާރު ގޭތެރެއިން ނިކުންނަށް ވެއްޖެ މިސިޔާސީ ކަމަކޭ ހަޑި ކަމެކޭ ކިޔައިގެން ހުރެވޭކެއް ނެތް، އެހެންވީމާ މިއަދު އަޅުގަނޑު ނިކުމެ މިހުރީ" މުޚްތަބާ ވިދާޅުވި އެވެ.