ހަބަރު

ކެމްޕެއިންތައް ނިންމާލައި، ގޮތް ނިންމުން ރައްޔިތުންނަށް

ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ތާއީދު ހޯދުމަށް ކެންޑިޑޭޓުން ކުރަމުން އައި ކެމެޕެއިންތައް ނިންމާލައިފި އެވެ. އިންތިހާބުތަކާ ބެހޭ ގާނޫނުގައިވާ ގޮތުން އިންތިހާބު އޮންނަ ދުވަަސް ނޫން އޭގެ ކުރީ ދުވަހުގެ ހަވީރު 6:00 އެއްގެ ފަހުން ކެމްޕެއިން ކުރުން މަނާ ވާނެ އެވެ.

މިއަދަކީ ކެމްޕެއިންގެ ފަހު ދުވަސްކަމަށް ވުމާއެކު ހުރިހާ ޕާޓީތަކުންނާއި ވަކިވަކި ކެންޑިޑޭޓުން ވަނީ ރާއްޖޭގެ ހުރިހާ ކަންކޮޅުގައި ކެމްޕެއިންގެ ހަރަކާތްތައް ބާއްވައިފަ އެވެ. އެގޮތުން އެމްޑީޕީ އިން ވަނީ މާލޭގަ އާއި ރާއްޖޭގެ ގިނަ ރަށްތަކުގައި ބޮޑު ހިނގާލުމެއް ބާއްވައިފަ އެވެ. މާލޭގައި ބޭއްވި ބޮޑު ހިނގާލުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ބައިވެރިވެވަޑައިގަތެވެ. އޭގެ އިތުރުން ޖޭޕީ އާއި އެހެން ޕާޓީތަކުން ވެސް ކެމްޕެއިންގެ ހަރަކާތްތައް ކުރިޔަށް ގެންދިޔަ އެވެ.

އިލެކްޝަންސް ކޮމިޝަންގެ މެންބަރުން ބުނީ އިންތިހާބުގެ ހުރިހާ ކަމަކަށް އެ ކޮމިޝަނުން ތައްޔާރުވެފައިވާ ކަމަށެވެ. އަދި ވީހާވެސް އިންސަފުވެރި އަދި ދެފުށް ފެންނަ އިންތިހާބަކަށް ވެގެންދާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.

މާދަމާ ވޯޓުލުން ފަށާނީ ހެނދުނު 8:00 ގައެވެ. މަޖިލީހުގެ އިންތިހާބުގައި މިފަހަރު މަޖިލިސް އިންތިހާބުގައި 87 އަށް ދާއިރާއަކަށް 386 ކެންޑިޑޭޓުން ވާދަ ކުރެ އެވެ. އަދި 264،589 މީހަކަށް ވޯޓު ލުމުގެ ހައްގު ލިބިގެންވެ އެވެ.