މަޖިލިސް އިންތިހާބު 2019

އިންތިހާބާ ގުޅޭ މައްސަލަތަކެއް ފުލުހުން ބަލަން ފަށައިފި

މިއަދު ވޯޓް ލުން ކުރިއަށް ގެންދާ، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ގުޅޭ މައްސަލަތަކެއް ފުލުހުން ބަލަން ފަށައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އިންތިހާބާ ގުޅިގެން ދެ މައްސަލައެއް ހުށަހެޅިފައިވާ ކަމަށާއި، އެ ދެ މައްސަލަ ބަލަމުންދާ ކަމަށެވެ. އަދި އެ މައްސަލަތަކުގެ ތަފުސީލު ފަހުން ހާމަ ކުރާނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

ރާއްޖޭގެ ހުރިހާ ސަރހައްދެއްގައި، މިއަދު ހެނދުނުން ފެށިގެން ވޯޓް ލުން ދަނީ ކުރިއަށެވެ. އިންތިހާބުގެ ސަލާމަތީ ކަންކަމަށް ފުލުހުން ދަނީ ވޯޓްލާ ހުރިހާ މަރުކަޒެއްގައިވެސް ދަނީ ހަރަކާތްތެރި ވަމުންނެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުން މިމިއަދުގެ މެންދުރު 12:00 އާ ހަމައަށް 70000 ށް ވުރެ ގިނަ މީހުން ވޯޓް ލާފައިވާ ކަމަށް އިލެކްޝަން ކޮލިޝަނުން ބުނެ އެވެ.