ހަބަރު

ބޭރު މީޑިއާގެ ސަމާލުކަން "ނަޝީދު ވާދަކުރައްވާ" އިންތިހާބަށް

Apr 6, 2019
6
ކުރީގެ ރައީސް ނަޝީދު މިއަދު ވޯޓުލައްވަނީ. -- ފޮޓޯ: އެމްޑީޕީ
66.7%
0%
33.3%

މިދިޔަ އަހަރު ނޮވެމްބަރު މަހު ބޭއްވި ރިޔާސީ އިންތިހާބުގެ ހަބަރުތައް ދުނިޔޭގެ ބޮޑެތި މީޑިއާތަކުގެ ސުރުހީތަކުން ޖާގަ ހޯދި އެވެ.

އިނގިރޭސިވިލާތުގެ ބީބީސީ ނޫހުން ފެށިގެން، އަލްޖަޒީރާ، އޭއެފްޕީ އަދި އިންޑިއާގެ ޓައިމްސް އޮފް އިންޑިއާ ފަދަ ނޫސްތަކުގައި ވަނީ އިލެކްޝަނާ ގުޅިގެން ރާއްޖޭގައި ހިނގާފައިވާ ކަންކަން ތަފްސީލީ ނަޒަރަކުން ގެނެސްދީފަ އެވެ. އަދި އިންތިހާބު ކަވަރުކުރުމަށް ބޭރުގެ ގިނަ މީޑިއާތަކެއް ރާއްޖެ އައިސްފައިވާއިރު، އިންތިހާބުގެ ނަތީޖާތައް އަންނަން ފެށި ވަގުތުން ފެށިގެން މުޅި ދުނިޔޭގެ ނަޒަރު ރާއްޖެއަށް ހުއްޓުނެވެ.

އެ ހިލާފަށް ރާއްޖެ ފަދަ ކުޑަ ގައުމެއްގެ މަޖިލީސް އިންތިހާބަށް އެއްވެސް ފަހަރަކު ދުނިޔޭގެ މާބޮޑު އަހަންމިއްޔަތު ކަމެއް ލިބިފައެއް ނުވެ އެވެ. ނަމަވެސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު މިފަހަރުގެ އިންތިހާބުގައި ވާދަކުރައްވާ އެނބުރި ސިޔާސީ މައިދާނަށް ނުކުންނަވަން މަސައްކަތް ކުރައްވާއިރު، ބޭރު ދުނިޔޭގެ މަގުބޫލުކަން ހޯއްދަވައިގެން ހުންނެވި ރާއްޖޭގެ ތާރިހުގައި ފުރަތަމަ ފަހަރަށް ކުރީގެ ރައީސުންނަށް ލިބިވަޑައިގަންނަވާ އެލަވަންސްތަކާއި އިނާޔާތްތަކާއެކު ނަޝީދުގެ އެ މަސައްކަތާއި ގުޅުވައިގެން ބޭރުގެ ބައެއް މީޑިއާތަކުން ވަނީ އިންތިހާބުގެ ހަބަރުތައް ގެނެސްދީފަ އެވެ.

ވަރުގަދަ ކެމްޕޭނުތައް ނިންމާލައި، މަޖިލީހުގެ މެޖޯރިޓީ ހޯދުމަށް ސަރުކާރު ކޯލިޝަނުން ބާރު އަޅައިގެން ކުރި މަސައްކަތް އިންޑިއާގެ "ދަ ހިންދޫ" ނޫހުން ގެނެސްދީފައިވާއިރު، "ޗެނަލް ނިއުސް އޭޝިއާ" އިން ވެސް އިންތިހާބުގެ ހަބަރު ގެނެސްދީފައިވަނީ ނަޝީދު އެނބުރި ސިޔާސީ މައިދާނަށް ނުކުންނަވާކަމަށް ބުނެ އެވެ.

އޮސްޓްރޭލިއާގެ "އޭބީސީ" ނޫހުން ވަނީ މި އިންތިހާބަކީ ސަރުކާރަށް ވަރަށް މުހިންމު އިންތިހާބެއްކަމަށް ބުނެ ވޯޓުލުން ފެށިގެން ކުރިއަށްދާ ހަބަރު ގެނެސްދީފަ އެވެ.

މިހާރު ވޯޓުލުން ކުރިއަށްދާ މަޖިލީހުގެ އިންތިހާބަށް މިވަގުތު ބޭރުގެ ބޮޑެތި މީޑިއާތަކުގެ މާބޮޑު ސަމާލުކަމެއް ލިބިފައިނުވި ނަމަވެސް، ނަޝީދަށް ލިބިވަޑައިގަންނަވާ ނަތީޖާއާއެކު، އިންތިހާބުގެ ނަތީޖާތައް އަންނަން ފެށުމުން ބޭރުގެ ސަމާލުކަން ރާއްޖެއަށް އެނބުރިގެންދާނެކަމަށް ބެލެވެ އެވެ.

6 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ކޮންކަމެއް

ކަލޯ ތިދައްކަނީ ހުސް ގަންޖާ ޗެނެލްތަކުގެ ވާހަކަ އޭ. އަހަރުމެން ހައިރާނެއް ނުވޭ. ދެން ތިބޭ އައްޖަހަން.

ގަދަ ބުރޯ

ވަރަށް ކެރިގެން ޔަގީންކަމާއި އެކު މިބުނަނީ އަހަރުމެންގެ ދާއިރާ (މައްޗަންގޮޅި މެދު ދާއިރާ) އަށް އަންނިއެއް ނުހޮވާނަން! ބޮޑު ތަފާތަކުން އަހަރުމެން ހޮވާނީ އިބްރާހިމް މުހައްމަދު(އިއްބެ) މީ އަންނިއަށް އަހަރެން ކުރާ ޗެލެންޖެއް! ނިކަން ކެރެންޏާ ގޮނޑި ކާމިޔާބްކޮށްބަލަ!ހަމަހިލާ ނުކެރޭނެ! މިފަހަރު އަންނިޔަށް ސައިޒް ދައްކާލާނަން !

އެޖެންޑާ ހިޑްން

މިކަމުންވެސް ބޭރުގެ މިޝަންތަކުން ލާދީނީ އަންނި އަށްޓަކައި ކުރާ މަސައްކަތް މިފެންނަނީ.... ދެންވެސް ވިސްނާ ދިވެހި އަޚުންނާއި އުޚްތުން ނަޝީދަށް ނޫނެކޭ ބުނޭ. އޭނާ އެއީ އިސްލާމް ދީން މި ވަޠަނުން ފުހެލަން އުޅޭ މުސްލިމުންގެ ޢަދުއްވެއް!

ހަސްތީ

ތީ އެކަމަށް ފަންޑް ކޮށްގެން ގެނެއްސަ ތިބި ބައެއް. ދެން އެމީހުން ވަކި އިތުރު ތަނަކަށް ދާކަށް ނުޖެހޭނެ އެއްނު.🤣

ޏ

ފޭލިވެއްޖެ ނަމަ ކިހިނެއްބާވާނީ .މަށެއް އަދިއެއްނުބުނައް ފޭލިވާނެނަމައެކޭ .ދެން ނަތީޖާ އަންނައް ދެން ޖެހޭނީ އުއްމީދެއްގަ ތިބެން .

ބޭކާރު

ބޭކާރު މީހުންނާއި ދުނިޔޭގެ މީހުން މަގުފުރައްދާ މީޑިއާއާއި އޮންނަ ގުޅުން ތިފެންންނަނީ ، ތިވެސް ފުރެޅުނު ގަލެއް..

April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910