މާދަމާއަކީ ސަރުކާރު ބަންދު ދުވަހެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމާދު ސޯލިހު ނިންމައިފި އެވެ.
ރައީސް ސޯލިހުގެ ތަރުޖަމާނު އިބްރާހީމް ހޫދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އާދިއްތަށް ބަންދު ދުވަހެއް ގޮތުގައި ރައީސް ހަމަޖެއްސީ މިއަދު މަޖިލިސް އިންތިހާބުގެ ވޯޓުލުން އޮތުމުން ސަރުކާރުގެ މުވައްޒިފުން ވޯޓު ލުމުގަ އާއި އިންތިހާބާއި ބެހޭ ކަންކަމުގައި އުޅެމުންދާތީ އެފަރާތްތަކަށް ފަސޭހަކޮށްދިނުމަށް ކަމަށެވެ.
.އާދިއްތަށް ދުވަހައަކީ ބަންދު ދުވަހެއްގެ ގޮތުގައި ރައީސް ނިންމިއިރު މީގެ ކުރިން ވަނީ ސޯޝަލް މީޑިއާގައި އަންނަށް އާދިއްތަށް ދުވަހަކީ ބަންދު ދުވަހެއްގެ ގޮތުގައި ސަރުކާރުން ނިންމާފައިވާ ކަމަށް ބައެއް ފަރާތްތަކުން ބުނެފަ އެވެ. ނަމަވެސް ރައީސްގެ ތަރުޖަމަނޫ ހޫދު ވިދާޅުވި އާދިއްތަށް ދުވަސް ބަންދު ކުރަން ރައީސް ނިންމާފައިވާނުވާ ކަމަށެވެ. މިދިޔަ ރިޔާސީޫ އިންތިހާބުގައި ވޯޓުލީ ދުވަސް ޖެހިގެން އަންނަށް ދުވަސްވެސް ވަނީ އޭރުގެ ސަރުކާރުން ބަންދުކޮށްފަ އެވެ.