ހަބަރު

ރައީސް ޔާމީން ވޯޓުލާން ވަޑައިނުގަންނަވާ

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް މިއަދު ބޭއްވި މަޖިލިސް އިންތިހާބުގައި ވޯޓުލެއްވުމަށް ވަޑައި ނުގަންނަވާކަން އަވަސްއަށް ކަށަވަރުވެއްޖެ އެވެ.

އެނގިފައިވާ ގޮތުގައި ރައީސް ޔާމީން ވޯޓުލައްވަން ވަޑައި ނުގަންނަވާނެ ކަމަށް އެ ޕާޓީގެ ބައެއް އިސް ފަރާތްތަކަށް ކުރިން ވެސް ވަނީ އަންގާފަ އެވެ. އެ މަނިކުފާނު ވޯޓުލާން ޖެހިވަަޑައިގަންވަނީ މައްޗަންގޮޅި އުތުރު ދާއިރާއަށެވެ. އެ ދާއިރާއަށް ޕީޕީއެމްގެ ކެންޑިޑޭޓަކު ވެސް ވާދަ ކުރައްވަ އެވެ. އެއީ ކުރިން ޖަރުމަނު ސަަފީރު ޖަމީލާ އަލީ ކުރިމަތިލެއްވި ދާއިރާ އެވެ.

އެ ދާއިރާއަށް ރައީސް ޔާމީންއަށް ބޮޑު ބޭބެ ވިދާޅުވާ ކުރީގެ ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫން ވެސް ވާދަ ކުރައްވަ އެވެ.

މަނީ ލޯންޑަރިންގެ ތުހުމަތުގައި ޖަލުގައި ދުވަސްތަކެއް ހޭދަ ކުރެއްވުމަށް ފަހު މިހާރު މިނިވަން ވެވަޑައިގެންފައިވާ ރައީސް ޔާމީން އެމަނިކުފާނުގެ އެއްވެސް ކެންޑިޑޭޓެއްގެ ކެމްޕެއިންއަށް ވެސް ވަޑައިނުގަންނަވަ އެވެ. ނަމަވެސް ފޯނުން ގުޅުއްވައިގެން ސަޕޯޓަރުންނާ ވާހަކަފުޅު ދައްކެވި އެވެ.