އެމްއެންޑީއެފް

ގުޅިގެން ހިންގާ އޮޕޮރޭޝަނަކަށް އިންޑިއާގެ މަނަވަރެއް ރާއްޖެއަށް

ވައިވަލެންސް އޮޕަރޭޝަނަށް ރާއްޖެ އަތުވި އިންޑިއާ ނޭވީގެ މަނަވަރު-- ފޮޓޯ އެމްއެންޑީއެފް
0%
0%
0%

ރާއްޖޭގެ އިގްތިސާދީ ސަރަހައްދު ބެލެހެއްޓުމުގެ ގޮތުން ސިފައިން ކުރިއަށް ގެންދާ އޮޕަރޭޝަނަކަށް އިންޑިއާ ކަނޑުގެ ސިފައިންގެ މަނަވަރެއް ރާއްޖެ އައިސްފި އެވެ.

އެމްއެންޑީއެފް އިން ބުނީ، ރާއްޖޭގެ އިގްތިސޯދީ ސަރަހައްދު ބެލެހެއްޓުމުގެ ގޮތުން ކުރިއަށް ގެންދާ ސަވައިލެންސް އޮޕަރޭޝަން ކުރިއަށް ގެންދާނީ މާދަމާއިން ފަށައިގެން މިމަހު 12 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ. ސިފައިން ވަނީ މީގެ ކުރިންވެސް ރާއްޖޭ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމުގެ ގޮތުން އިންޑިއާއި ގުޅިގެން ސަވެއިލެންސް އޮޕަރޭޝަންތައް ކުރިއަށް ގެންގޮސްފަ އެވެ.

އެމްއެންޑީއެފް އިން ކުރިއަށް ގެންދާ އޮޕަރޭޝަނަކީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ގަވާއިދާ ހިލާފު އެއްވެސް ކަމެއް ހިނގާތޯ ބެލުމުގެ ގޮތުން ކުރިއަށް ގެންދާ އޮޕަރޭޝަނެކެވެ.

އެމްއެންޑީއެފް އިން މީގެ ކުރިން ބުނެފައިވަނީ، ދެގައުމެއްގެ ދެމެދުގައިވާ ސަރަހައްދަކުން ދެ ގައުމުގެ ސަލާމަތަށް ނުރައްކާވާނަމަ އެކަން ހައްލުކުރަން ގެންގުޅެނީ އެއް ސަލާމަތީ ނެޓްވޯކަކުން ގުޅިގެން ކަމަށެވެ. އަދި މިއީ އެހެނިހެން ގައުމުތަކުގައި ވެސް ޕްރެކްޓިސް ކުރަމުންދާ ގޮތް ކަމަށާއި، އިންޑިއާގެ ކަނޑުގެ އަމާންކަމަށް، ރާއްޖެއިންނާއި އިންޑިއާއިން ގެންގުޅެނީ އެއް ވިސްނުމެއް ކަމަށެވެ.

އެގޮތުން ދެ ގައުމުން ވެސް ބެނުންވަނީ މަސްތުވާތަކެތީގެ މައްސަލައާއި ތެލުގެ ވަގު ވިޔަފާރިކުރުމާއި އެހެނިހެން ގަވާއިދާ ހިލާފު ކަންތައްތައް ހުއްޓުވުން ކަމަށެވެ.

2 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345