ދިވެހި ސިނަމާ

"ނަފްރަތުވުމުން" ޕްރިމިއާ ކޮށްފި

ޑައިރެކްޓަރު ޔޫސުފް ޝަފީއުގެ ޔޫއްޕެ ޕްރޮޑަކްޝަނުން އުފައްދާފައިވާ ލޯބީގެ ފިލްމު "ނަފްރަތުވުމުން" އޮލިމްޕަހުގައި ރޭ ޕްރިމިއާ ކޮށްފި އެވެ. މުޖުތަމައުގެ ތެރޭގައި ހިނގަމުންދާ މައްސަލަތައް ދައްކުވައިދޭ މި ފިލްމު ޕްރިމިއާ ކުރީ ކުޑަ ހަފްލާއަކާއެކު އެވެ.

ކާމިޔާބު ލޯބީގެ ފިލްމުތަކެއް ކުޅެފައިވާ އެކްޓަރު އަދި ޑައިރެކްޓަރު ޔޫއްޕެ ޑައިރެކްޓްކޮށްފައިވާ "ނަފުރަތުވުމުން" ފުރަތަމަ ޝޯ ބެލި ހުރިހާ ބެލުންތެރިންހެން ފިލްމަށް ތައުރީފު ކުރި އެވެ.

ފިލްމުގައި ފެނިގެންދަނީ މަރިޔަމް އައްޒަ އާއި އަލީ އާޒިމް (ދޮންއައްޔަ) އަހުމަދު އީސާ އާއި ޔޫއްޕެ އެވެ. ތިން ތަރިންގެ ހުނަަރަށް ވެސް މީހުން ތައުރީފު ކުރި އެެވެ. ހާއްސަކޮށް އައްޒަ ދައްކުވައިދިން ހިތާމަވެރި މަންޒަރުތަކަށެވެ.

އެންމެ ފަހުން އޮލިމްޕަހުގައި ދެއްކި ޔޫއްޕެގެ ފިލްމު، ހޮރޯ ކޮމެޑީ ”40 ޕްލަސް“އަށް ބޮޑު ތަރުހީބެއް ލިބިފައިވާއިރު، ޔޫއްޕެ ބުނަނީ އެ ފިލްމަށް ކުރި އިތުބާރާއެކު މި ފިލްމު ވެސް ބަލައިލަން އޭނާ އެދޭ ކަމަށެވެ.