ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް

ވީއައިއޭގެ ވެބްސައިޓާއި، އެޕް ލޯންޗްކޮށްފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އާ ވެބްސައިޓާއި މޯބައިލް އެޕްލިކޭޝަން ލޯންޗްކޮށްފި އެެވެ.

މިކަން އޮތީ މިއަދު ހެނދުނު ވީއައިއޭގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. ވެބްސައިޓާއި މޯބައިލް އެޕް ލޯންޗްކޮށް ދެއްވީ އެއާޕޯޓް ހިންގާ އެމްއޭސީއެލްގެ އެކްޓިން މެނޭޖިން ޑިރެކްޓަރު މޫސާ ސޯލިހެވެ

ވީއައިއޭގެ އާ ވެބްސައިޓް މުޅީން ބަދަލު ކޮށްފައިވާއިރު މިހާރު ވަނީ މައުލޫމާތު މުއްސަނދިކޮށް ބަލާލަން ވަރަށް ފަސޭހަ ކޮށްދީފަ އެވެ. އެ ގޮތުން ފަސެންޖަރުންނަށް ހާއްސަ މައުލޫމާތާއި ކޯޕަރޭޓް މައުލޫމާތާއި ޑެވެލޮމެންޓާބެހޭ ބައި ހިމަނާފައި ވެއެވެ.

ވީއައިއޭގެ މޯބައިލް އެޕްގައި ފަސެންޖަރުންނަށް ފޯންގެ ޒަރިއްޔާއިން އެ އެއާޕޯޓުން ދޭ ހިދުމަތްތައް އެނގެން ހުރެ އެވެ.