އަލިފާން ނިވަން މާލޭގެ މަގުތަކުގައި ގާއިމް ކޮށްފައިވާ ވޯޓާ ހައިޑްރަންޓް ސިސްޓަމްތަކުގެ ތެރެއިން މިވަގުތު ރަނގަޅަށް މަސައްކަތް ކުރަނީ އޭގެ ތެރެއިން 29 ހައިޑްރަންޓް ސިސްޓަމް ކަމަށް އެމްއެންޑީއެފް އިން ބުނެފި އެވެ.
ނޫސްވެރިންނާއެކު މިއަދު ބޭއްވި ބައްދަލުވުމެއްގައި ފަޔާ އެންޑް ރެސްކިޔު ސާވިސްގެ ކޮމާންޑަރު ކާނަލް އަބްދުﷲ އިބްރާހީމް ވިދާޅުވީ މާލޭގެ ވޯޓާ ހައިޑްރާންޓް ސިސްޓަމްތަކުގެ ތެރެއިން މާލޭގެ މުހިންމު ސަރަހައްދުތަކުގައި ހުރި އެއްވެސް ވޯޓާ ހައިޑްރާންޓް ސިސްޓަމެއް މަސައްކަތް ނުކުރާ ކަމަށެވެ.
"މާލޭގެ މުހިންމު ސަރަހައްދު ނޫން ނަމަވެސް އެހެނިހެން 29 ސަރަހައްދެގައި ވެސް ހުންނާނެ ފެން ނެގޭ ގޮތަށް" އަބްދުﷲ އިބްރާހީމް ވިދާޅުވި އެވެ.
މަޖީދީމަގުގައި ވެސް ވޯޓާ ހައިޑްރަންޓް ގާއިމްކޮށްފައި ވެއެވެ. ނަމަވެސް އަބްދުﷲ އިބްރާހީމް ވިދާޅުވީ އެއަށް ބޭނުންވާ އާލާތާއި އެހެނިހެން ތަކެތި ހަރުކޮށް ފެން ލައިނާއި ގުޅުމުގެ މަސައްކަތް ހުއްޓިފައިވުމުން އެ ސިސްޓަމްތަކުން ފެން ނުލިބޭ ކަމަށެވެ.
މަޖީދީ މަގުގައި ވޯޓާ ހައިޑްރަންޓް ސިސްޓަމް ގާއިމްކޮށްފައިވަނީ މިދިއަ ސަރުކާރުގައި އެ މަގު އަލުން ތަރައްގީ ކުރި އިރު އެވެ.
"މާލޭގެ މުހިންމު ސަރަހައްދު ނޫން ނަމަވެސް އެހެނިހެން 29 ސަރަހައްދެގައި ވެސް ހުންނާނެ ފެން ނެގޭ ގޮތަށް" އަބްދުﷲ އިބްރާހީމް ވިދާޅުވި އެވެ.ކާނަލް އަބްދުﷲ އިބްރާހީމް
އޭނާ މިއަދު ވިދާޅުވީ ވޯޓާ ހައިޑްރަންޓް ސިސްޓަމްތަކުން ފެން ލިބޭނެ ގޮތް ހެދުމަށް މިހާރު އެކަމަށް ބޭނުންވާ ފައިސާ ހޯދައި މަސަކަތް ފަށަން ތައްޔާރުވަމުން އަންނަ ކަމަށެވެ.
"އެމަސައްކަތް ކުރުމަށްޓަކާ ފައިސާ ހޯދުމާއި އެކަން ކުރެވޭނެ ގޮތްތަށް ބަލަމުން އެބަ ގެންދަން، އެހެން ނަމަވެސް އަދި ހަމަ ހޮޅި ލައިން އެޅުނު ހިސާބުގައި އަދި އޮތީ،" އަބްދުﷲ ވިދާޅުވި އެވެ.
މާލޭގެ ބައެއް ވޯޓާ ހައިޑްރާންޓް ސިސްޓަމްތައް މަސައްކަތް ނުކުރާއިރު، ފާއިތުވި ދުވަސްތަކުގެ ތެރޭ ވެރިރަށް މާލޭގައި އަލިފާނުގެ ތަފާތު ހާދިސާތައް ހިނގައި ގެއްލުންތައް ވެފައި ވެއެވެ.