ހަބަރު

މުޅި ރާއްޖޭގައި އިސްތިސްގާ ނަމާދު ކުރަން ނިންމައިފި

ރާއްޖޭގެ ހުރިހާ ރަށެއްގައި އިސްތިސްގާ ނަމާދު ކުރުމަށް އިސްލާމިކް މިނިސްޓްރި އިން މިއަދު ނިންމައިފި އެވެ. އިސްތިސްގާ ނަމާދަކީ ފެނަށް ދަތިވެއްޖެ ނަމަ ނުވަތަ ވާރޭ ވެހުން ލަސްވާނަމަ އެކަމަށް އެދި ކުރާ ނަމާދެކެވެ.

އިސްލާމިކް މިނިސްޓްރީ އިން ބުނީ އަންނަ ހޯމަ ދުވަހު ރާއްޖޭގެ ހުރިހާ ރަށެއްގައި އިސްތިސްގާ ނަމާދު ކުރަން ނިންމާފައިވާ ކަމަށާއި ދެ ރަކުވަތުގެެ އިސްތިސްގާ ނަމާދު ކުރާނީ އެ ދުވަހު މެންދުރު ނަމާދަށް ފަހުގައި ކަމަށެވެ. އެގޮތުން މަލޭގައި އިސްތިސްގާ ނަމާދު ކުރާނީ އިސްލާމީ މަރުކަޒުގައި ކަމަށާއި އަތޮޅުތަކުގެ ތެރޭ ކޮންމެ ރަށެއްގައި ހުންނަ އެންމެ ބޮޑު މިސްކިތުގައި އެ ނަމާދު ކުރުން އޮންނާނެ ކަމަށް އެ މިނިސްޓްރީ އިން ބުންޏެވެ.

މެޓް އޮފީހުން ބުނާ ގޮތުގައި މިއަދު މާލޭގެ ފިނިހޫނު މިން ހުރީ 33 ޑިގްރީ ސެލްސިއަސް ގައެވެ.