ބޭންކް އޮފް މޯލްޑިވްސް

ހާއްސަ އެހީގެ ކުދިންނަށް ބީއެމްއެލްގެ ފަތާ ޕްރޮގްރާމެއް

ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ފަތަން ދަސްކޮށްދިނުމުގެ ފޮރްގްރާމެއް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ފަށައިފި އެވެ.

ގައުމީ ބޭންކުގެ މި ޕްރޮގްރާމް ވިލިމާލޭގައި މިއަދު އިފްތިތާހު ކޮށްދެއްވީ ބީއެމްއެލްގެ މެނޭޖާ ޕްބަލިކް ރިލޭޝަން މުހައްމަދު ސައީދެވެ. އޭނާ ވިދާޅުވީ ދިވެހި ގައުމީ ބޭންކުން ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ފަތަން ދަސްކޮށްދިނުމުގެ ޕޮރްގްރާމެއް ކުރިޔަށް ގެންދަން ނިންމީ ރާއްޖޭގެ ރަށްތަކަކީ ވަށައިގެން މޫދު އޮންނަށް ރަށްތަކަކަށް ވުމުން ކޮންމެ މީހަކަށް ފަތަން އެނގުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ދެކޭތީ ކަމަށެވެ.

ބީއެމްއެލްގެ މި ޕްރޮގްރާމް ކުރިޔަށް ގެންދަނީ ސުވިމިން އެސޯސިއޭޝަނާއި ގުޅިގެނެވެ. ޕްރޮގްރާމްގައި ކޯޗުންގެ ގޮތުގައި ހަރަކާތްތެރިވާނީ ވެސް ސުވިމިން އެސޯސިއޭޝަންގެ ކޯޗުންނެވެ.

މިޕޮރްގްރާމާ ބެހޭގޮތުން އިތުރަށް މައުލޫމާތު ދެއްވަމުން ސައީދު ވިދާޅުވީ، އެ ޕްރްގްރާމްގެ ދަށުން ފަތަން ދަސް ކޮށް ދޭނީ މާލޭ ސަރަހައްދުގެ ރަށްރަށުގައި ދިރިއުޅޭ ހާއްސަ އެހީގެ ކުދިންނަށް ކަމަށެވެ. އަދި ވިދާޅުވީ ފަތަން ދަސްކޮށްދިނުމުގެ މި ހަރަކާތް މިއަދު އިފްތިތާހު ކުރި ނަމަވެސް ފަށާނެ ދުވަހެއް އަދި ނިންމާފައި ނުވާ ކަމަށެވެ.

މި ޕްރްގްރާމްގެ ދަށުން ފަތަން ދަސްކުރަން ބޭނުންވާ ފަރާތްތަކުން ސުވިމިން އެސޯސިއޭޝަން އިން އެޕްރްގްރާމަށް ހާއްސަ ކުރެވިފައިވާ ފޯމެއް ފުރަން ޖެހެ އެވެ.