ދުނިޔެ

ރައީސް ސިރިސޭނާ ނިގަންބޯ ރިހެބް ބައްލަވާލައްވައިފި

ސްރީ ލަންކާގެ ނެގޮމްބޯގައި ގާއިމްކޮށްފައިވާ ޒުވާނުންގެ ކަރެކްޝަނަލް ސެންޓަރު ބައްލަވާލައްވަން ރައީސް މައިތިރިޕާލާ ސިރިސޭނާ ޒިޔާރަތް ކުރައްވައިފި އެވެ.

ކަރެކްޝަނަލް ސެންޓަރުގެ މިވަގުތު ތިބި ގައިދީންނާއި ބައްދަލު ކުރައްވާ ހުދު އެމަނިކުފާނު ވަނީ ގައިދީންގެ ހާލު ބައްލަވާލައްވާ އެތަނުގެ ރިހެބިލިޓޭޝަން ޕްރޮގްރާމްތަކާއި ގުޅޭ މައުލޫމާތު ގައިދީންގެ ކިބައިން އައްސަވައި ސާފު ކުރައްވާފަ އެވެ.

ސެންޓަރުގައި ތިބި ޒުވާނުންގެ ވާހަކަތައް އަޑުއައްސަވަމުން އެ މަނިކުފާނު ވަނީ ސެންޓަރާއި ހަވާލުވެ ތިއްބެވި ބޭފުޅުން ކިބައިން ރައީސް ގައިދީނަށް ރަނގަޅު މަގު ދައްކައިދީ އެހީތެރި ވެދޭން އެދި ވަޑައިގެންފައެވެ.

ޒުވާނުން ހޭލުންތެރި ކުރުވުމުގެ ޕްރޮގްރާމްތައް ރޭވުމުގެ މުހިންމުކަން ފާހަގަ ކުރައްވާ އެފަދަ ޕްރޮގްރާމްތަކަކީ ޒުވާނުން ކުށުގެ ވެށިން ދުރުކޮށްދީ ގައުމަށް ފައިދާހުރި ގާބިލް ބަޔަކަށް ހެދުމުގައި ލިބޭނެ ކުރިއެރުމެއް ކަމަށް ރައީސް ސިރިސޭނާ ވިދާޅުވި އެވެ.