ހަބަރު

48 ދަޅު ބަނގުރާ ހުޅުމާލެއަށް ގެންދިޔަ ދެމީހަކު ހައްޔަރުކޮށްފި

Apr 14, 2019

ހުޅުމާލެ އަރުވަން އުޅުނު ގިނަ އަދަދެއްގެ ބަނގުރާ ދަޅުތަކަކާއެކު ދެ މީހަކު ހައްޔަރު ކޮށްފި އެވެ.

އެ ދެ މީހުން ހައްޔަރު ކުރީ ޑިންގީއެއްގައި ހުޅުމާލެއަށް ބަނގުރާ އަރުވަން އުޅޭ ކަން ފުލުހުންނަށް އެނގިގެން މިދިއަ ބުރާސްފަތި ދުވަހުގެ ރޭ 11:50 ގަ އެވެ. ހައްޔަރު ކުރީ ދެ ދިވެހިންނެވެ.

ޑިންގީން ހުޅުމާލެއަށް ބޭލި ކޮތަޅަކާއި ހަވާލުވާން ގޮސްތިބި އެ ދެމީހުން އެ ކޮތަޅު ހިފައިގެން ސައިކަލެއްގައި ދާން އުޅެނިކޮށް ހުއްޓުވައި ކޮތަޅު ބަލައި ފާސްކުރި އިރު ބަނގުރާ ކަމަށް ޝައްކުވި 48 ދަޅު އެ ކޮތަޅުގައި ހުއްޓެވެ. އެ ދެމީހުން ހުއްޓުވަން އުޅުނު ވަގުތު އޭގެ ތެރެއިން އެކަކު ވަނީ ފުލުހަކަށް ހަމަލާދީފަ އެވެ.

އެ ދެ މީހުންގެ ބަންދަށް ހަފުތާއެއް ދީފައިވާވާއިރު މި މައްސަލަ ފުލުހުން އަންނަނީ ބަލަމުންނެވެ.