ހަބަރު

51 ބިޔަރު ދަޅާއެކު ދެ ޒުވާނުން ހައްޔަރުކޮށްފި

Jun 6, 2019
4

ބިޔަރު ދަޅުތަކަކާއެކު ހުޅުމާލެއިން ދެ ޒުވާނަކު ރޭ ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނި ގޮތުގައި 51 ބިޔަރު ދަޅާއެކު ހައްޔަރުކޮށްފައިވަނީ އުމުރުން 22 އަހަރާއި 30 އަހަރުގެ ދެ ފިރިހެނުންނެވެ. އެ މީހުން ހައްޔަރުކުރީ ހުޅުމާލެ އުތުރު ފަރާތުންނެވެ.

އެ ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ގެންދިޔުމުން ފަސް ދުވަހުގެ ބަންދު މުއްދަތު ވަނީ ޖަހާފަ އެވެ.