މަސްތުވާތަކެތި

ތިން ކިލޯ ޑްރަގާއެކު ހައްޔަރު ކުރި ދެ މީހުން ދޫކޮށްލައިފި

Jun 4, 2019
14

ރޭ ހިންގި އޮޕަރޭޝަނެއްގައި ކޯޓް އަމުރަކާއެކު ގޮސް ގެއެއް ބަލައި ފާސްކޮށް ހައްޔަރު ކުރި ދެ މީހަކު ކްރިމިނަލް ކޯޓުން މިއަދު ދޫކޮށްލައިފި އެވެ.

ފުލުހުން ބުނީ ރޭ ހުޅުމާލޭ ގެއަކުން ތިން ކިލޯގެ މަސްތުވާކެއްޗާއެކު ހަޔަރުކުރި ދެ ދިވެން ކަމަށާއި އެ މީހުންގެ ބަންދުގެ މުއްދަތު ޖަން ކްރިމިނަލް ކޯޓަށް ގެންދިއުމުން މުއްދަތު ޖަހައި ނުދީ އެ ދެ މީހުން ވެސް ދޫކޮށްލާފައިވާ ކަމަށެވެ. އޭގެ ތެރޭގައި 52 އަހަރުގެ އަންހެނަކު ވެސް ހިމެނެ އެވެ. އެ ދެ މީހުން ހައްޔަރު ކުރީ މަސްތުވާތަކެތީގެ ވިޔަފާރީ ކުރާ ކަމުގެ ތުހުމަތުގަ އެވެ.

އެ ދެ މީހުން ދޫކޮށްލީ ޖިނާއީ އިޖްުރާއަތުގެ ގާނޫނުގެ 12 ވަނަ މާއްދާއަށް ރިޔާއަތްކޮށެވެ. އެ މާއްދާގައި ބުނަނީ ކޯޓް އަމުރުގެ ހުރިހާ ގަނޑެއްގައި ގާޒީގެ ނަމާއި ސޮއި އަދި ތައްގަނޑު އިންނަންވާނެ ކަމަށެވެ. ނަމަވެސް ފުލުހުން އެދިގެން ދިން ކޯޓް އަމުރުގައި ސޮއި އިނީ ހަމައެކަނި ފަހު ގަނޑުގަ އެވެ.