މޯލްޑިވްސް ޕޮލިސް ސާވިސް

3 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައެއްގައި ދެ މީހަކު ބަންދަށް

ކްރިމިނަލް ކޯޓު -- ފޮޓޯ: އަވަސް
0%
0%
0%

މަސްތުވާތަކެތި ރާއްޖެއަށް އެތެރެކޮށް އެތަކެތި ބޭނުންކޮށް ގެންގުޅެ ވިއްކާ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ހައްޔަރުކުރި ދެ މީހެއްގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް ޖަހައިފި އެވެ.

މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ ސްރީލަންކާގެ ފިރިހެނަކާއި ބަންގްލަދޭޝްގެ ފިރިހެނެކެވެ. މި މީހުންގެ ބަންދަށް މުއްދަތު ޖަހާފައިވަނީ އިއްޔެ އެވެ.

ކޯޓު އަމުރުގައިވާ ގޮތުން މި މައްސަލައިގައި ޖުމްލަ 3.59 ކިލޯގެ މަސްތުވާތަކެތި ފެނިފައިވެ އެވެ.

މައްސަލައިގައި ތުހުމަތު ކުރެވޭ ދެ މީހުންވެސް ކޯޓުގައި ބުނެފައިވަނީ އެ މީހުންނަކީ މުދާ ކްލިއާ ކުރާ ކުންފުންޏެއްގައި މަސައްކަތްކުރާ މީހުން ކަމަށެވެ. މުދާ ކްލިއާކުރަން ދިޔައީ މެނޭޖަރު ބުނެގެން ކަމަށާއި އެކަމާ ގުޅޭ ހެކި ފޯނުގައި ހުންނާނެ ކަމަށް އެ މީހުން ބުނެފައިވެ އެވެ.

ކޯޓުގައި އައިއޯ ވަނީ ފޯނު އެނަލައިޒްކުރުމަށްފަހު އެކްސްޓްރެކްޝަން ރިޕޯޓު ލިބިފައިވާ ކަމަށާއި އެ ރިޕޯޓް ބެލުމަށްފަހު އެ މީހުންގެ ވާހަކަ ތެދުކަން ނުވަތަ ނޫންކަން އެނގޭނެކަން ފާހަގަކޮށްފަ އެވެ.

މި މައްސަލައިގައި ހިމެނޭ ލަންކާ މީހާގެ ކުޑަކަމުދާތަކެތި މަސްތުވާތަކެތީގެ ބާވަތަކަށް ޕޮޒިޓިވްވީ އޭނާ ބޭނުންކުރާ ބޭހެއްގެ ސަބަބުން ކަމަށާއި އެކަމާއި ގުޅޭ ލިޔުންތައް ހުށަހަޅާފައިވާނެ ކަން އޭނާގެ ފަރާތުން ކޯޓުގައި ފާހަގަކޮށްފައިވެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345