ހަބަރު

ޖަލުތަކުގެ ޖާގައަށްވުރެ ގައިދީން އިތުރު: ކޮމިޝަން

Apr 15, 2019
5
ޖަލު ކޮމިޝަންގެ މެންބަރު އަހުމަދު މުހައްމަދުފުޅު-- ފޮޓ: ހޯމް މިނިސްޓްރީ
0%
0%
0%

ޖަލުތަަކަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ޖަލުތަކުގެ ޖާގަ އަށްވުރެ އިތުރަށް މީހުން ބަލަހައްޓަން ޖެހުން ކަމަށް ޖަލު ކޮމިޝަނުން ބުނެފި އެވެ.

ޖަލު ކޮމިޝަނުން އެކުލަވާލި ޖަލުތަކާއިބެހޭ ހާލަތުގެ ރިޕޯޓް ހޯމް މިނިސްޓަރު އިމްރާން އަބުދުﷲ އަށް ހުށަހެޅުމަށް ބޭއްވި ރަސްމިއްޔާތުގައި އެކޮމިޝަންގެ މެންބަރު އަހުމަދު މުހައްމަދުފުޅު ވިދާޅުވީ، ޖަލުތަަކަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ޖަލުތަކުގެ ޖާގައަށްވުރެ އިތުރަށް މީހުން ބަލަހައްޓަންޖެހުން ކަމަށެވެ.

"އެގޮތުން އާންމު ކޮށް މީހުން ބޭތިއްބުމަށް ކަނޑައަޅާފައިވާ މިންވަރަށްވުރެ އިތުރަށް ގޮޅިތަކުގައި ގައިދީން އަދި ބަންދު މީހުން ތިބިކަން ކޮމިޝަނަށްވަނީ ފާހަގަ ކުރެވިފަ، މިފަރާތްތައް ދިރިއުޅެން ޖެހިފައިވާ ހާލުން ތަފާތު އެކިއެކި ސިއްހީ މައްސަލަތަކާއި އާންމު ދިރިއުޅުމުގައި ދިމާވާ ތަފާތު އެކިއެކި ކަންކަން ވަނީ ފާހަގަ ކުރެވިފަ،" އަހުމަދު މުހައްމަދު ވިދާޅުވި އެވެ.

އެފަރާތްތަކަށް ލިބިދޭންޖެހޭ ތަފާތު އަސާސީ ހައްގުތަކާއި ހިދުމަތްތަކުން މަހުރޫމްވަމުންދާކަން ފާހަގަ ކުރެވިފައިވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އަހުމަދު މުހައްމަދު ވިދާޅުވީ، ޖަލުގެ އާބާދީ ކުޑަކުރުމަށް ކުރެވެން ހުރި ކަންކަމާއި ދުނިޔޭގެ އެހެން ގައުމުތަކުގައި ޖަލުތަކުގެ އާބާދީ ކުޑަކުރުމަށް ކުރެވިފައިހުރި ކަންކަން ރިޕޯޓްގައި ހިމަނާފައިވާނެ ކަމަށެވެ.

އޭނާ ވިދާޅުވީ، ބަންދުކުރެވޭ މީހުން ބެލެހެއްޓުމަށް ހަވާލުކޮށްފައިވާ ކޮމިޝަންތަކާއި އެމުއައްސަސާތައް ޒިންމާދާރު ކުރުމަށްޓަކައި ހެދިފައިވާ މިނިވަން މުއައްސަސާތަކުން ވޭތުވެދިޔަ ދުވަސްތަކުގައި އެންމެ ފުރިހަމައަށް މަސައްކަތް ކޮށްފައިނުވާ ކަމަށެވެ.

އަހުމަދު އިތުރަށް ވިދާޅުވީ، ޕެރޯލާއި ކްްލެމެންސީ މިވަގުތު ދެވެމުންދާ ގޮތް އިންސާފުވެރިނޫން ކަމަށާއި އެނިޒާމްތަކުގެ ތެރޭގައި މައްސަލަތަކެއް ހުރިކަމަށް ފާހަގަ ކުރެވިފައިވާ ކަމަށެވެ. ކޮމިޝަނަށް ފާހަގަ ކުރެވިފައިވާ މުހިންމު ކަންކަން އިސްލާހު ކުރުމަށް ރިޕޯޓްގައި ހިމަނާފައިވާނޭ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

5 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ސޭކުބެ ެ

ތިމީހާއައްވެސްނިހާރުއެނގުނީ ޖަލައްނުކަތާވަރައް ނީހުންތިބިކަން ބަރިބަރުޔައް މީހުންތައްނަލައްލީއިރު ނޭނގުނު ޗުއްޕުވެސްބުނެލަން މިހާރުކޮންމެއެއްޗެއް ކިޔަސް ކަމެއްނުކުރާނެވިއްޔާ އޭރުބިރުންރޫރުއަޅައަޅާތިބީ

ތަޖުރިބާ

ފުލުހުންގެވާޖިބު އަދާކޮށް ކުށްކުރުމުގެކުރިން އެކަންހުއްޓުވަން މަސައްކަތްކޮށް އެކަން ކުރަންއުޅޭނަމަ، ޖަލަށް މީހުން ގިނައެއްނުވާނެއެވެ. ޖަލުގައިތިބޭނީ އެތަނުގައި ބައިތިއްބަންޖެހޭމީހުނެވެ. އެކިޢުމުރުގެމީހުން އެކިކަންތަކުގައި ފުލުހަށް ގެންދެވޭނެއެވެ. އެކަމަކު އެއިން ކޮންމެމީހަކީ ކުށްވެރިއަކަށްނުވާނެއެވެ. ކިރިޔާކަމެއް ވާއިރަށް ޖަލަށްގެންދިއުމަކީ ޖަލުގެވެއްޓަށް މީހުން އަހުލުވެރިކޮށް ޖަލުމީހުނަށްވުމަށް ދެވޭތަމްރީނުކަމުގައި ބެލެވެއެވެ. ފުލުހުންނާއި ޖަލުބަލަހައްޓާމީހުން ޤައިދީންގެނާޖާއިޒު ފައިދާ ނަގައެވެ. ދުނިޔޭގެ އެކިކަންކޮޅުތަކުގައި މިއީ ކުރާކަމެކެވެ. މިގޮތަށް ކަންހިނގާނަމަ، ޖަލުން މީހުން މަދެއްނުކުރެވޭނެއެވެ.

އަލީހު

ތިޔަކޮމިޝަނުގެ މަސައްކަތުގެ ތެރޭގައި މަޖިލީހުގެ ކޮމިޓީތަކުން ތިބުނާ މައްސަލަތައް ހައްލު ކުރުމަށް ކުރި އެއްވެސް ކަމެއް ބެކިފައި ވޭބާ ؟

މަބުނީ

ދެން ގައިދީންގެ އަދަދު އިތުރުވުން ހުއްޓުވޭނެ ގޮތެއް ހަދަން ވެއްޖެއެއްނު؟ މިބުނީ ކުށްކުރާމީހުންގެ އަދަދު މަދު ކުރުމަށް ފިޔަވަޅު އަޅާށޭ.

މިނިވަނެއް

ށުކުރިއްޔަަ މިނިސްޓަރު އިމްރާން " ކުރީ ސަރުކާރުން ކުލެމެންސީއާ ޕެރޯލް ލިބެނީ ލާރި ހުރި މީހުނައް ނިކަމެތިންނައް ނުލިބޭ "މިސަރުކާރުން އެހެން ނުހައްދަވާނެ ކަނައް އުންމީދު ކުރަނީ

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345