ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް ނުވަތަ ނައިބު ރައީސްކަމުގެ މަގާމަށް އައުމުގެ ޝައުގުވެރިން ގެންގުޅުއްވާ ކަމަށް މެދު ހެންވޭރު ދާއިރާގެ މެންބަރުގެ މަގާމަށް އިންތިހާބުވި އަލީ އާޒިމް ވިދާޅުވެއްޖެ އެވެ.
ޓީވީއެމްގެ ރާއްޖެމިއަދު ޕްރްގްރާމްގައި ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވި، އޭނާ މަޖިލިސްގެ ރައީސްގެ މަގާމަށް ނުވަތަ ނައިބު ރައީސްގެ މަގާމަށް އައުމުގެ ޝައުގު ގެންގުޅެނީ އޭނާގެ ކިބައިގައިއެ ދެ މަގާމަށްވެސް ބޭނުންވާ ތަޖުރިބާ ހުރުމުން ކަމަށެވެ. އަދި މިހާރު ހިގަމުންދާ 18 ވަނަ މަޖިލިސް މިހާރު ހިގަމުންދަނީ އެއްވެސް އުސޫލެއް ހަމައެއް ނެތި ކަމަށްވުމުން، އެތަކެއް ރައްޔިތުންގެ ހައްގުތަށް ގެއްލެމުންދާތި ކަމަށެވެ.
"އަޅުގަނޑުގެ ޝައުގުވެރިކަން އެބަހުރި މަޖިލީހުގެ ރައީސް ކަމަށް ނުވަތަ ނައިބު ރައީސް ކަމަށް. އަޅުގަނޑުގެ ތަޖުރިބާ އެބަހުރި މިކަމުގެ މިހާރު މިއީ އަޅުގަނޑުގެ ތިންވަނަ ދައުރު މަޖިލިސްގަ،" އާޒިމް ވިދާޅުވި އެވެ.
އާޒިމް ވިދާޅުވި އޭނާ ނިސްބަތްވާ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު، އެމްޑީޕީ އެހެން މެމްބަރަކު މަޖިލިސް ރައީސްކަމަށް ގެންނަން ތާއިދުކުރުމަކީ މައްސަލައެއް ނޫން ކަމަށެވެ. އޭނާ ވިދާޅުވީ ނަޝިދަށްވެސް އެމަނިކުފާނު ބޭނުންވާ ބޭފުޅަކުގެ ނަން ހުށަހެލުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. އަދި ޕާޓިގެ ލީޑަރުގެ މަގާމުގައި ހުރެ ނަޝީދު މަޖިލިސް ރައީސްކަމަށް އެމަނިކުފާނަށް ކަމުދާ ބެފުޅަކު ޕާޓީގެ އެހެން މެމްބަރުން ކައިރީގައި ނުބުނުމަކީ މައްސަލައެއް ކަމަށެވެ.
އެމްޑީޕީއަކީ ފުދޭ ވަރަކަށް ޑިމޮކްރަޓިކް ޕާޓީއަކަށްވުމުން ނަޝީދުގެ ތާއީދު އޭނާއަށްވެސް އޮންނާނެ ކަމަށް އާޒިމް ވިދާޅުވި އެވެ. އަދި މަޖިލީހުގެ ރައީސްކަމަށް ނަޝީދު ކެންޑިޑޭޓަކަށް ތާއިދުކުރިޔަސް ނުވަތަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ތާއިދު އެމްޑީޕީ ކެންޑިޑޭޓަކަށް އޮތަސް، އެކަންތަށް ނިންމާނީ ޕާޓީގެ އެކަމާއި ބެހޭ ގުނަވަނުން ކަމަށް އާޒިމް ވިދާޅުވި އެވެ. އެހެންކަމުން އެމްޑީޕީގެ ކެންޑިޑޭޓުންގެ ތާއިދުވެސް އޭނާއަށް ލިބޭނެ ކަމަށް އާޒިމް ވިދާޅުވި އެވެ.
"ރައީސް ނަޝީދު ބޭނުންވިޔަސް ރައީސް ސޯލިހު ބޭނުންވިޔަސް އެއޮންނަށް ގުނަވަނަކުން އެކަމެއް ނިންމާނީ. އޭގަ މާނައަކީ ރައީސް ނަޝީދު އަޅުގަނޑަށް ތާއިދު ނުކުރަނީ އެއް ނޫން، އަޅުގަނޑަށްވެސް ތާއިދު ކުރާނެ،" އާޒިމް ވިދާޅުވި އެވެ.
މަޖިލީހުގެ ރައީސްގެ މަގާމަށް ހިތަދޫ އުތުރު ދާއިރާގެ މެންބަރު އަސްލަމް އަދި ނައިބު ރައީސްކަމަށް އީވާ އަބްދުﷲ ގެނައުމަށް ތާއިދުކުރާކަމަށް ނަޝީދުވަނީ ވިދާޅުވެފަ އެވެ. މީގެ ތެރެއިން އެމްޑީޕީން މަޖިލިސް ނައިބު ރައީސްކަމުގެ މަގާމަށް އިވާ ގެންނަން ބޭނުންވާނަމަ އެނާ ހުރީ އެމަގަމާއި ހަވާލުވާން ތައްޔާރަށް ކަމަށްވަނީ ވިދާޅުވެފަ އެވެ. މަޖިލީހުގެ ރައީސް ކަމުގެ މަގާމަށް އެމްޑީޕީއިން ޝައުގުވެރިވާ އެހެހް މެމްބަރުންވެސް އެބަތިއްބެވެ.
އެއީ ވިލުފުށީ ދާއިރާގެ މެންބަރު ކަމަށް އިންތިހާބުވި ހަސަން އަފީފް އާއި މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް އެވެ. މީގެ އިތުރުން މިނިވަން މެމްބަރެއްގެ ގޮތުގައި ކާށިދޫ ދާއިރާއަށް އިންތިހާބުވި ނަޝީދުގެ ސްޕެޝަލް އެޑްވައިޒަރު އަބްދުﷲ ޖާބިރު އެވެ.
މަޖިލިސް އިންތިހާބުގައި އެމްޑީޕީން ވަނީ 65 ގޮނޑި ކާމިޔާބުކޮށް މަޖިލިސްގެ ސުޕަ މެޖޯރިޓީ ހޯދައިފަ އެވެ.