ސަރުކާރު އޮފީސްތަކާއި ކުންފުނިތަކުގައި ފަސޭހައިން ނަމާދު ކުރެވޭ ގޮތް ހެދުމުގެ މަސައްކަތް އިސްލާމިކް މިނިސްޓްރީ އިން ފަށައިފި އެވެ.
އިސްލާމިކް މިނިސްޓަރު އަހުމަދު ޒާހިރު އަލީ ރޭ ވިދާޅުވީ ސަރުކާރު އޮފީސްތަކާއި ކުންފުނިތަކުގެ ތެރެއިން މުއައްޒަފުންނަށް ފަސޭހައިން ނަމާދު ކުރެވޭނެ ގޮތް ހަމަޖައްސާފައި ނުވާ ތަންތަން ދެނެގަތުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.
އަދި އެފަދަ ތަންތަނުގައި ފަސޭހައިން ނަމާދު ކުރެވޭނެ އިންތިޒާމް ހަމަޖައްސައިދިނުމުގެ މަސައްކަތް އިސްލާމިކް މިނިސްޓްީ އިން ފަށާފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
ފަސޭހައިން ނަމާދު ކުރެވޭނެ އިންތިޒާމް ހަމަޖައްސައިދިނުމުގެ މަސައްކަތް އިސްލާމިކް މިނިސްޓްރީ އިން ކުރިޔަށް ގެންދާ ގޮތާ ގުޅޭ ގޮތުން އިތުރު ތަފްސީލެއް މިނިސްޓަރު ވިދާޅެއް ނުވެ އެވެ. އެކަމާ ގުޅޭ ގޮތުން މިނިސްޓްރީގެ ބަހެއް ވެސް ލިބޭ ގޮތް ވަނީ ނުވެފަ އެވެ.