އެމްޓީސީސީ

އުތުރުގެ ދެ އަތޮޅަށް ސްޕީޑް ފެރީގެ ހިދުމަތް ފަށައިފި

Apr 16, 2019
3

ހއ. އާއި ހދ. އަތޮޅަށް ސްޕީޑް ފެރީގެ ހިދުމަތް އެމްޓީސީސީން ފަށައިފި އެވެ.

އެމްޓީސީސީން ބުނީ އެ ކުންފުނިން ދޭ ދަތުރުފަތުރުގެ ހިދުމަތް ފުޅާ ކުރަން މިއަދު އެ ދެ އަތޮޅަށް ސްޕީޑް ފެރީ ދަތުރުތައް ރަސްމީކޮށް ފަށާފައިވާ ކަމަށާއި މިވަގުތަށް އެ ހިދުމަތް ދެމުން ގެންދާނީ އަޖުމަލަ ބަލައިލުމުގެ ގޮތުން ކަމަށެވެ.

އަދި ބުނީ ސްޕީޑް ފެރީ ހިދުމަތުގެ ޓްރަޔަލް މުއްދަތުގެ ތެރޭގައި ހއ. ދިއްދޫ އާއި ހދ. ހަނިމާދޫ އާއި އެ އަތޮޅު ކުޅުދުއްފުއްޓާއި މި ތިން ރަށް ފެރީގެ ހިދުމަތުން ގުޅާލާނެ ކަމަށެވެ.

އެމްޓީސީސީން މި ރަށްތަކުގެ ސްޕީޑް ފެރީގެ ދަތުރުތަކަށް ހަމަޖައްސާފައި ވަނީ 150ރ. އާއި 250 ރ. އާއި ދެމެދުގެ އަގުތަކެކެވެ.

އެމްޓީސީސީން މިހާރު ވެސް މާލެ އާއި ހުޅުމާލެ އާއި އަދި ވިލިމާލެ އާއި މާލެއާ ދެމެދު ފެރީގެ ހިދުމަތް
ދެ އެވެ. ބައެއް އަތޮޅުތަކަށް ވެސް އެ ކުންފުނިން ދަނީ ފެރީގެ ޚިދުމަތް ދެމުންނެވެ.