ހަބަރު

ވިލިމާލޭގެ އާ މިސްކިތް ރައީސް ހުޅުވައިދެއްވައިފި

Apr 17, 2019

ވިލިމާލޭގައި އިމާރާތްކޮށްފައިވާ "މަސްޖިދުލް ބިއްރި" ރައީސް އިބްރާހީމް މުހައްމަދު ސާލިހު، ރަސްމީކޮށް މިއަދު ހުޅުއްވައިދެއްވައިފިއެވެ. މި މިސްކިތް ހުޅުއްވައިދެއްވުން އޮތީ މިއަދު މެންދުރުފަހު ވިލިމާލޭގައި މިކަމަށްޓަކައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.

"މަސްޖިދުލް ބިއްރި" އަކީ ޒަމާނީ ފެންވަރަށް އިމާރާތްކޮށްފައިވާ ޖާގައިގެ ގޮތުން 1000 މީހުންނަށް އެއްފަހަރާ ނަމާދު ކުރެވޭވަރުގެ މިސްކިތެކެވެ.

މިސްކިތް ހުޅުއްވައިދެއްވުމަށްފަހު، މިސްކިތުގައި ކުރި އަސްރު ނަމާދުގެ ޖަމާއަތުގައި ރައީސް ބައިވެރިވެވަޑައިގެންނެވިއެވެ.