މިނިސްޓްރީ އޮފް ޖެންޑާ އެންޑް ފެމިލީ

ރިވެލި އެވޯޑަށް ކުިރިމަތަލުމަށް ހުޅުވާލައިފި

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ހިމާޔަތް ކުރުމުގެ މަސައްކަތް ކޮށްދީފައިވާ ފަރާތްތަކުގެ އަގު ވަޒަން ކުރަން ދޭ "ރިވެލި" އެވޯޑަށް ކުރިމަތިލާން ހުޅުވާލައިފި އެވެ.

ރިވެލި އެވޯޑަކީ ކޮންމެ ދެ އަހަރަކުން އެއް އަހަރު ދޭ އެވޯޑެކެވެ. މިއެވޯޑް ދޭނީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތަށް ހިމާޔަތް ކުރުމަށް ޖެންޑާ މިނިސްޓްރީން އެކުލަވައިލައިފައިވާ ކޮމިޓީއަކުންނެވެ. ރިވެލި އެވޯޑް މި އަހަރު ދޭނީ ނުވަ ދާއިރާއަކުން 12 މީހަކަށެވެ.

ޖެންޑާ މިނިސްޓްރީން ބުނީ، އެވޯޑަށް ކުރިމަތިލުމުގެ ގޮތުން އަމިއްލައަށް ނަން ހުށަހެޅުމުގެ ފުރުސަތާއި، އެހެން ފަރާތަކުގެ ނަން ނޯމިނޭޓް ކުރުމުގެ ފުރުސަތު ވެސް ހުޅުވައިލައިފައިވާ ކަމަށެވެ. އަދި އެވޯޑަށް އެދި ހުށަހަޅާ ފަރާތްތަކުން ކުރި މަސައްކަތުގެ ތަފްސީލު ސައްހަކަން އަންގައިދޭން ދެ ބޭފުޅެއްގެ ހެކި ކޮށްދޭ ލިޔުމެއްގެ އިތުރުން އެވޯޑަށް އެދި ހުށަހެޅުމަށް ދޫކުރާ އެޕްލިކޭޝަން ފޯމެއް ފުރިހަމަކުރަން ޖެހޭނެ ކަމަށެވެ.

އެވޯޑަށް ކުރިމަތިލުމުގެ ގޮތުން ފުރިހަމަކުރަން ޖެހޭ އެޕްލިކޭޝަން ފޯމް ޖެންޑާ މިނިސްޓްރީއިންނާއި އެމިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެ އެވެ. މިއެވޯޑަށް ކުރިމަތި ލުމުގެ ފުރުސަތު އަންނަށް ޖޫން މަހު ދެވަނަ ދުވަހު ހަމަވާނެ އެވެ.