މިނިސްޓްރީ އޮފް އެޑިއުކޭޝަން

އެޑިއުކޭޝަނަށް ޕީއެސްއެއް ހޯދަނީ

އެޑިޔުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީގެ މަގާމަށް މީހަކު ހޯދަން އިއުލާންކޮށްފި އެވެ.

އެ މިނިސްޓްރީގެ ޕީއެސްގެ މަގާމަަށް ބޭފުޅަކު ހޯދަން އިއުލާންކޮށްފައިވަނީ އެ މަގާމުގައި ކުރިން ހުންނެވި މުހައްމަދު ސައީދު ވަޒީފައިން އިއްޔެ ވަކި ކުރުމަށްފަހުގަ އެވެ. އޭނާ ވަކިކުރި ކަމަށް ސީއެސްސީން ނިންމީ އޭނާ އާއި ދެކޮޅަށް ހުށަހެޅުނު މައްސަލައެއް ބަލައި ނިމުމަށްފަހުގައި ކަމަށެވެ.

ޕީއެސްގެ މަގާމުން ސައީދު އިއްޔެ ވަކިކުރީ، މިދިޔަ ޖެނުއަރީ މަހުންން ފެށިގެން ސަސްޕެންޝަނެއްގައި ހުންނަވިކޮށެވެ. އޭނާ ސަސްޕެންޑް ކޮށްފައިވަނީ މިދިޔަ އަހަރުގެ ރިޔާސީ އިންތިހާބާ ދިމާކޮށް ސިވިލް ސާވިސް މުވައްޒަފުންނާ ދޭތެރޭ، ގާނޫނާއި ގަވައިދާ ހިލާފަށް އަމަލުކުރި ކަމަށް ބުނެ މިނިސްޓްރީން ހުށަހެޅި ހަތަރު މައްސަލައަކާ ގުޅިގެންނެވެ.