ހަބަރު

ރޯދަ މަހުގެ ރަސްމީ ގަޑި: 9ން މެންދުރުފަހު 1އަށް

Apr 18, 2019
3

މި ފެށޭ ރޯދަ މަހު ސަރުކާރުގެ ރަސްމީ ގަޑިއަކީ ހެނދުނު 9:00 ން މެންދުރުފަހު 1:00 ކަމަށް ކަނޑައަޅައިފި އެވެ.

އެގޮތަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކަނޑައެޅުއްވިއިރު މީގެކުރީ ރޯދަ މަސްތަކުގައި ރަސްމީ ގަޑީގެ ގޮތުގައި ހަމަޖެއްސީ ހެނދުނު 10:00 ން މެންދުރުފަހު 2:00 އަށެވެ.

ކަލަންޑަރުގައިވާ ގޮތުން ރޯދަ މަސް ފެށޭނީ އަންނަ މަހުގެ ހަވަނަ ދުވަހު އެވެ.