ހަބަރު

ބިދޭސީއެއްގެ އަތުން ފޭރުނު މީހަކު ހައްޔަރުކޮށްފި

Apr 18, 2019

ބިދޭސީއެއްގެ އަތުން ފައިސާތަކެއް ފޭރިގަތް މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ. ހައްޔަރުކޮށްފައިވަނީ 42 އަހަރުގެ މީހެކެވެ.

އެ ހާދިސާ ހިނގާފައިވަނީ މާފަންނު އޭސް ހާޑްވެއާ ކައިރިންނެވެ. ފޭރިގެންފައިވަނީ ބިދޭސީ މީހާގެ އަތުގައި އޮތް 1300 ޑޮލަރެވެ. އެ ޑޮލަރުތައް ވެސް މިހާރު ފުލުހުން ވަނީ ހޯދާފަ އެވެ.

މިއަދު ހަވީރު މާލޭގައި ފޭރުމުގެ ހާދިސާއެއް ހިނގާފައިވާއިރު ފުލުހުން މިއަދު މައުލޫމާތު ދިން ގޮތުގައި މިއަހަރުގެ ފުރަތަމަ ތިން މަސް ދުވަހު މުޅި ރާއްޖެއިން ފޭރުމުގެ 121 މައްސަލަ ވަނީ ހުށަހަޅާފަ އެވެ.