ކަރަންޓުގެ ހިދުމަތް ދޭން ބަހައްޓާފައިވާ ޑިސްޓްރިބިއުޝަން ފޮށިތައް ސްޓެލްކޯ އާއި މާލޭ ސިޓީ ކައުންސިލް ގުޅިގެން ސާފުކުރުމުގެ ހަރަކާތެއް މިއަދު ފަށައިފި އެވެ.
މާލެ އާއި ހުޅުމާލޭގައި ބަހައްޓާފައިވާ ޑިސްޓްރިބިއުޝަން ފޮށިތައް ސާފު ކުރުމުގެ ހަރަކާތެއް މާލެ ސިޓީ ކައުންސިލްއާ ގުޅިގެން ސްޓެލްކޯއިން ފަށާފައިވަނީ މިއަދު މިއަދު ހެނދުނު އެވެ.
މާލެ ސިޓީގައި ބަހައްޓާފައިވާ ޑިސްޓްރިބިއުޝަން ފޮށިތަކުގައި ތަތްކޮށްފައިވާ އިސްތިހާރާއި ފޮޓޯފަދަ ތަކެތި ނައްޓައި އެފޮށިތައް ސާފުކޮށްފައިވާ ކަމަށްވެސް ސްޓެލްކޯއިން ބުންޏެވެ.
އެހަރަކާތުގައި އެސްޓެލްކޯގެ ގިނަ ސްޓާފުން ބައިވެރިވެފައިވާ ކަމަށާއި މާދަމާވެސް ފޮށިތައް ސާފު ކުރުމުގެ ހަރަކާތް ކުރިއަށް ގެންދާނެ ކަމަށްވެސް އެކުންފުނިން ބުންޏެވެ.