ހަބަރު

ނިހާން ޕީޕީއެމުން ޕީއެންސީއަށް

Apr 21, 2019
11

ޕީޕީއެމްގެ ޕާލިމެންޓަރީ ގްރޫޕްގައި ހިމެނިވަޑައިގަންނަވާ ވިލިމާލޭ ދާއިރާގެ މެންބަރު އަހުމަދު ނިހާން ހުސެއިން މަނިކު ޕީއެންސީއާ މިއަދު ގުޅިވަޑައިގެންފި އެވެ.

ރައީސް އަބްދުﷲ ޔާމީންގެ އެދިލެއްވުމުގެ މަތިން އުފަައްދާފައިވާ ޕީއެންސީއަށް ނިހާން ސޮއި ކުރައްވާފައިވާއިރު ދާދި ފަހުން އޭނާ ވަނީ ޕީޕީއެމްގެ ޕީޖީ ގްރޫޕް ލީޑަރު ކަމުން އިސްތިއުފާ ވެސް ދެއްވާފަ އެވެ.

އޭގެ ފަހުން އެ ޕާޓީގެ ލީޑާޝިޕް ފެއިލްވެފައިވާ ކަމަށާއި ލީޑާޝިޕް ބަދަލު ކުރަން ޖެހޭ ކަމަށް ވެސް ނިހާން އެކި ފަހަރުމަތީން ވިދާޅުވި އެވެ.

ނިހާން ޕީއެންސީއަށް ސޮއި ކުރެއްވި އިރު އަންނަ ހުކުރު ދުވަހު އެ ޕާޓީގެ ކޮންގްރެސް ބާއްވަ އެވެ. އެ ކޮންގްރެސްގައި ޕާޓީގެ އިސް މަގާމްތަކަށް ދާއިމީ ބޭފުޅުން އިންތިހާބު ކުރުން އޮންނާނެ އެވެ.