ހަބަރު

"ޓެކްސް ނިޒާމް މުރާޖާކޮށް އިންސާފުވެރި ނިޒާމަކަށް ހަދާނަން"

Apr 22, 2019
5
ފައިނޭންސް ފޯރަމްގައި މިނިސްޓަރު ވާހަކަ ދައްކަވަނީ-- ފޮޓޯ: ޕެންޝަން އޮފީސް
50%
0%
50%

ރާއްޖޭގައި މިހާރު އަމަލު ކުރަމުން އަންނަ ޓެކްސް ނިޒާމް މުރާޖާ ކުރަމުން އަންނަ ކަމަށާއި އެކަށީގެންވާ ހެޔޮ ބަދަލުތަކަކާއި އިންސާފުވެރި ބަދަލުތަކެއް ޓެކްސް ނިޒާމަށް ގެންނާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރް ވިދާޅުވެއްޖެ އެވެ.

ޕެރެޑައިސް އައިލެންޑް ރިސޯޓްގައި މިއަދު ކުރިއަށްދާ އަށް ވަނަ ފައިނޭންސް ފޯރަމްގައި ފިނޭންސް މިނިސްޓަރު ވިދާޅުވީ، މި ސަރުކާރުން ޕްރައިވެޓް ސެކްޓާ ތަރައްގީ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރުމަށް ރާވާފައިވާ ކަމަށެވެ. އެގޮތުން އެންމެ މުހިންމު އެއް ކަމަކީ ފަސޭހަކަމާއެކު ޕްރައިވެޓް ސެކްޓާ ކުންފުނިތައް ހިންގޭނެ މަގު ފަހިކޮށްދިނުން ކަމަށެވެ.

އެގޮތުން ފަސޭހަކަމާއެކު ކުންފުނިތައް ހިންގުމަށް މިހާރުވެސް ފިޔަވަޅުތައް ސަރުކާރުން އަޅަމުންދާ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، މިހާރު ރާއްޖޭގައި އަމަލު ކުރަމުންދާ ޓެކްސް ނިޒާމްގެ ގާނޫނު އަލުން ރިވިއު ކުރަމުންދާ ކަމަށާއި ހުރިހާ ފަރާތްތަކަށް ފަސޭހަ އަދި އިންސާފުވެރި ޓެކްސް ނިޒާމެއް ރާއްޖޭގައި ގެނެވޭނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިދަނީ ޓެކްސް ނިޒާމް އަލުން މުރާޖާ ކުރަމުން، މުރާޖާކޮށް ނިންމުމަށްފަހު ހުށަހެޅޭ ނިޒާމަކީ ފަސޭހަކަމާއެކު ހުރިހާ ފަރާތްތަކަށް އިންސާފުވެރި އަދި އެންމެނަށްވެސް ހަމަހަމަ ޓެކްސް ނިޒާމަކަށް ވެގެންދާނެ، އެއީ އަމިއްލަ ފަރާތްތަކަށާއި ކުންފިތަކަށްވެސް،" އަމީރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މިސަރުކާރުގެ އެއް އަމާޒަކީ ޒީރޯ ޓޮލަރެންސް ކަމަށާއި އެކަމުގެ ސަބަބުން އާއީޖާދީ ހިޔާލުތަކާއި ޓެކްނޮލޮޖީ ގޮތުން ކުރިއަރަން ބޭނުންވާ ކުންފުނިތަކަށް ވަރަށް ބޮޑު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.

"އަޅުގަނޑަށް ޔަގީންކަން އެބައޮތް ކޮރަޕްޝަން ހުއްޓުވުމަށް މި ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތަކުގެ ސަބަބުން ރާއްޖޭގެ ވިޔަފާރިތައް ހިންގުމަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، އަލަށް ވޔަފާރިފަށާ ކުންފުނިތަކަށް އެންމެ ބޮޑު އެއް ޗެލެންޖަކީ އެކަމަށް ބޭނުންވާ ފައިސާ ނުލިބުން ކަމަށާއި އެކަން ހައްލު ކުރުމަށްޓަކައި މި ސަރުކާރުން އެސްއެމްއީ ބޭންކްގެ ހިދުމަތް މިހާރު ފަށާފައިވާ ކަމަށެވެ.

މި ސަރުކާރުން އެންމެ އިސްކަމެއްދޭ އެއް ދާއިރާއަކީ ޕްރައިވެޓް ސެކްޓާކަމަށާއި އެދާއިރާ އިތުރަށް ހަރުދަނާ ކުރުމަށް ސަރުކާރުން ކުރިއަށް އޮތް ތަނުގައިވެސް ވަރަށް ގިނަ މަސައްކަތްތައް ކުރާނެ ކަމަށެވެ. އަދި ހެޔޮ ބަދަލެއް ގެންނާނެކަމުގެ ޔަގީންކަން އަރުވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

5 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ޓެކްސް އަޅު

އާދައިގެ ކުދި ވިޔަފާރިތަކަށް މިރާއިން މިވަނީ އިނދަޖައްސާލާފައި.ބޮޑެތި އަދަދުން ޖޫރިމަނާ ކޮށްފައި ދެއްކޭނެ ގޮތެއް ނެތް. ވިޔަފާރި އުމުރު ދުވަހު ކޮށްގެން ވެސް ނުލިބޭ އަދަދުން ކިޔަނީ ، މިލިޔަން އިން

ސިރާނީ

ނިކުފާނުކުރާކަމަކީ ޕީއެސްއެމް މެދުވެރިކޮށް ބިގަށް ދޭންނުޖެހޭ ފައިސާދިނުން

ލލ

މިއެމްޑީޕީން ޑިމޮކްރަސީއޭ ތިންބާރޭ ކިޔަމުން ރައްޔިތުންނަށް އޮޅުވާލަމުން މިމީހުން މިހާރު ތިންބާރު އެއްކޮށްގެން މިހިންގަނީ ކޮންކަމެއްތޯ ؟ ހައްތާހާވެސް ބައިތުލް މާލު ލޫޓުވާ ސިޔާސީ ވަފާތެރި ކެހިވެރި ޗޯރުން !

ލީމަން ޒާހިރު

މިހާރުގެ ނިޒާމުގެ ދަށުން ކޮމިޝަނަރއަށް ލިބޭ ޑިސްކްރީޝަނަރީ ޕަވާރ ބޭނުން ކޮށް ބޮޑެތިވިޔަފާރިތަކުން ހަދާ މަކަރު ފޮރުވުމަށް މިލިޔަނުން މަންފާ ހޯދާ.. ކޮމިޝަނަރ އަށް އެކަން ކޮށްދެއްވާ ބޭފުޅާ އައްމަޑޭވެސް 3 ފްލެޓް ގަނެލީ 1 އަހަރުތެރޭ..؟ މިނިޒާމުގައި ވަރަށް ބޮޑަށް ކޮމިޝަނަރ އަށް ނާޖާއިޒު މަންފާނެގޭނެ ލޫޕް ހޯލް އެބަހުރި..

ހަސަން ރަފީއު

ފުރަތަމަވެސް ކުރަންވީ ކަމަކީ ތިތާގެ ބޯޑްގެ މެންބަރު ފާއިޒު ވަކިކުރުން

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345