ޝިމާ ގެއްލުން

ޝިމާގެ ކޮއްކޮ ގޮވައިގެން ފިލަން އުޅުނު މައްސަލަ ޕީޖީއަށް

Apr 22, 2019
1

ޑިންގީ ބަންޑުން ޖަހާލައިގެން ގެއްލިފައިވާ ކަމަށް ބުނާ އައިމިނަތު ޝިމާ ނާފިޒުގެ ކޮއްކޮ ގޮވައިގެން ޑިންގީއެއްގައި ފިލަން އުޅުނު މީހުންގެ މައްޗަށް ދައުވާ ކުރަން މައްސަލަ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.

އެ މީހުންގެ ތެރޭގައި ޝިމާ ގެއްލުނު މައްސަލާގައި ތުހުމަތައް ކުރެވިފައިވާ އަދި އޭނާ ގެއްލުނު އިރު އިން ޑިންގީ ދުއްވި އިބްރާހިމް ފަޒީލް ހިމެނެ އެވެ.

ފުލުހުން މިއަދު ބޭއްވި ނިއުސްކޮންފަރެންސެއްގައި ޑިވިޝަނަލް ކޮމާންޑްގެ ހެޑް، އެސިސްޓެންޓް ކޮމިޝަނާ އަބްދުﷲ ފައިރޫޝް ވިދާޅުވީ އެ މައްސަލާގެ ތަހުގީގު މިހާރު ނިމިފައިވާތީ ދައުވާ ކުރަން އަދި ޕީޖީ އޮފީހަށް މިހާރު ފޮނުވާފައިވާ ކަމަށެވެ.

އޭގެ ތަފުސީލްތަކަށް އޭނާ ވަޑައެއް ނުގެންނެވި އެވެ.