މޯލްޑިވްސް ޕޮލިސް ސާވިސް

ގޭންގް ކުށުގެ އަށް މައްސަލައެއް ފުލުހުން ޕީޖީއަށް ފޮނުވައިފި

ގޭންގް ކުށްތަކާ ގުޅޭ އަށް މައްސަލައެއްގައި ދައުވާކުރަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވާފައިވާ ކަމަށް ފުލުހުން ހާމަކޮށްފި އެވެ.

ގޭންގް ކްރައިމް އެންފޯސްމަންޓް އިން ކޮށްފައިވާ މަސައްކަތްތަކުގެ ތަފާސްހިސާބު ދައްކާ ގޮތުން މި އަދަދަކީ މި އަހަރުގެ ޖެނުއަރީ އިން އޮގަސްޓް މަހުގެ ނިޔަލަށް ޕީޖީ އޮފީހަށް ފޮނުވި މައްސަލަތަކެވެ.

މި މުއްދަތުގައި ގޭންގް ކުށްތަކާ ގުޅޭ 22 މައްސަލަ ފުލުހުންނަށް ހުށަހެޅުނު ކަމަށްވެސް ފުލުހުން ބުނެ އެވެ.

ފުލުހުން ހާމަކުރި ގޮތުގައި މި މުއްދަތުގައި ގޭންގް ކްރައިމް އެންފޯސްމަންޓް އިން ވަނީ 12،253 މީހުން ހުއްޓުވާ ސުވާލުކޮށްފަ އެވެ. އަދި 87،775 ސަރަހައްދު މި މުއްދަތުގައި ޗެކްކޮށްފައިވާ ކަމަށް ފުލުހުން ބުނެ އެވެ. މީގެ އިތުރުން 173 އުޅަނދު ޗެކްކޮށްފައިވެ އެވެ.

ފުލުހުންގެ މަސައްކަތްތަކާ ގުޅޭ ގޮތުން ދެއްވި ބަސްތީގަތުމެއްގައި ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު ވަނީ މާލެ އާއި ހުޅުމާލޭގައި ގޭންގްތައް ހަރަކާތްތެރިވާ ސަރަހައްދުތަކުގައި ސްޓެޓިކްކޮށް ފުލުހުން ތިބެގެން ބަލަހައްޓަން ފަށާފައިވާކަން ހާމަކުރައްވާފަ އެވެ.