އެޗްޑީސީ

އެޗްޑީސީގެ "ރޯދަ ސާފު" ހޮނިހިރު ދުވަހު

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ރޯދަ މަހާއި ދިމާކޮށް ހުޅުމާލެ ސާފު ކުރުމުގެ ހަރަކާތެއް އަންނަ ހޮނިހިރު ދުވަހު ބާއްވާން ހަމަޖައްސައިފި އެވެ.

އެޗްޑީސީގެ "ސާފު ރޯދަ" ރަކާތް ފަށާނީ އަންނަ ހޮނިހިރު ދުވަހު ހެނދުނު 8:00 ޖަހާއިރު އެވެ. އެ ކޯޕަރޭޝަނުން ބުނީ މި ޕްރްގްރާމްގައި ހުޅުމާލޭގައި މީހުން ދިރިއުޅޭ ސަރަހައްދުތަކާއި ގޮނޑުދޮށާއި، ފަޅުތެރެ ވެސް ސާފު ކުރާނެ ކަމަށާއި ހަރަކާތް ފަށާނީ ހުޅުމާލެ އެއް ނަމްބަރު ރުށްގަނޑު ސަރަހައްދުން ކަމަށެވެ.

މި ހަރަކާތުގައި 600 މީހުން ބައިވެރިވާނެ އެވެ. އޭގެ ތެރޭގައި ކުނި މެނޭޖް ކުރާ ކުންފުނި ވެމްކޯ އާއި ޕޮލިހާއި އަދި އެމްއެންޑީއެފްވެސް ހިމެނެ އެވެ.

އެޗްޑީސީން ބުނީ "ރޯދަ ސާފު" ކުރިއަށް ގެންދާނީ ބައިވެރިން ޒޯންތަކަށް ބަހައިލައިގެން ކަމަށާއި ގޭބިސީތަކުންނާއި ނެއިބާހޫޑުންތަކުން ނަގާ ކުނި ޖަމާކުރާނެ ތަންތަން ސާފު ކޮށްދިނުމަށް އެެއް ނަމްބަރު ރުއްގަނޑު ސަރަހައްދުގައި ޗާޓެއް ވެސް ހުންނާނެ ކަމަށެވެ.

ހުޅުމާލޭގެ ގޮނޑު ދޮށާއި ފަޅު ތެރޭގައި ހިމެނޭ ކުނީގެ 85 ޕަސަންޓް ސާފުކުރުމަކީ މި ހަރަކާތުގެ އަމާޒެކެވެ.