ކެފޭ ރެސްޓޯރެންޓް

ތަންދޫރީގެ މޭސްތިރި މޯޓީ މަހަލް ރާއްޖެއަށް!

މޯޓީ މަހަލް ޑިލަކްސް ތަންދޫރީ ޓްރެއިލްގެ އައުޓްލެޓެ މިނިސްޓަރު މަހްލޫފް ހުޅުވައިދެއްވަނީ -- އަހްމަދް އަޔާދް- އަވަސް
25%
0%
75%

ދިވެހިންގެ ތެރޭގައި ވެސް ވަރަށް މަގުބޫލު ތަންދޫރީ ރަހައިގެ މޭސްތިރިން ރާއްޖެ އަތުވެއްޖެ އެވެ. ތަންދޫރީ ކުކުޅުގެ ހަގީގީ ރަހަތައް ދިވެހިންނަށް މިހާރުން ފެށިގެން ލިބެން ހުންނާނެ އެވެ. ފުރަތަމަ ފަހަރަށް ރޭ ރަސްފަންނުގައި ހުޅުވާލީ ތަންދޫރީ ކުކުޅު ދުނިޔެއަށް ތާއަރަފް ކުރި އިންޑިއާގެ "މޯޓީ މަހަލް ޑިލަކްސް ތަންދޫރީ ޓްރެއިލް" ގެ އައުޓްލެޓެކެވެ.

ރަސްފަންނުގައި ރޭ މޯޓީ މަހަލް ހުޅުވައި ދެއްވީ ޒުވާނުންގެ މިނިސްޓަރު އަހްމަދް މަހްލޫފެވެ.

މޯޓީ މަހަލް އަކީ މީގެ ގަރުނެއްހާ ދުވަސް ކުރިން 1920 ވަނަ އަހަރު އުފެދުނު މިހާރު މުޅި ދުނިޔެއަށް މަޝްހޫރު ރެސްޓޯރެންޓް ޗެއިންނެވެ. އަދި މިއީ އިންޑިއާގެ އެންމެ މަޝްހޫރު އެއް ރެސްޓޯރެންޓް ކުންފުންޏެވެ. މޯޓީ މަހަލްގެ 120 އައުޓްލެޓް މުޅި ދުނިޔޭގައި ހުޅުވައިފައި އެބަހުއްޓެވެ.

އިންޑިއާގެ ކެއުމުގެ ބާވަތްތަށް ވަނީ ދިވެހިންގެ މެދުގައި ވައިގައި ހިފައިފަ އެވެ. އެހެންކަމުން މޯޓީ މަހަލްގެ އައުޓްލެޓް ރާއްޖޭގައިވެސް ހުޅުވަން ޖެހުނީ އެވެ.

މޫދު ފެންނަ ގޮތަށް އޮންނަ ރަސްފަނުގެ ހިތްގައިމު މާހައިލުގައިވާ ޕެވަލިއްންގެ ފުރަތަމަ ފަންގިފިލާގައިވާ ރެސްޓޯރެންޓުން ރޭ ހުޅުވާލުމާއެކު ގިނަ އަދަދެއްގެ ބަޔަކު ވަނީ ރެސްޓޯރެންޓްގެ ހިދުމަތް ހޯދަން ފަށާފައެވެ.

އިންޓީރިއާއަށް އިންޑިއާގެ ހާއްސަ ސިފަތައް ގެނެސްދީފައިވާ މި ރެސްޓޯރެންޓުން ބުނީ ތަންދޫރި ކުކުޅަކީ ދިވެހިންގެ ރަހައާ ގުޅިފައިވާ ހާއްސަ ރަަހައަކަށްވާތީ ކުރިޔަށް އޮތް ރޯދަ މަހުވެސް ހާއްސަ ކެއުންތައް ހުންނާނެ ކަމަށެވެ.

މޯޓީ މަހަލް ޑިލަކްސް ތަންދޫރީ ޓްރެއިލް ރެސްޓޯރެންޓް

"މޯޓީ މަހަލް ރޭ ރާއްޖޭގައި ހުޅުވި އިރު މީއީ ގަރުނެއް ކުރިން ކުންޑަން ލަލް ގުޖްރާތް ފެށި ވިޔަފާރިއެއް. މިއަދު ދުނިޔޭގެ ކޮންމެ ހިސާބެއްގައިވެސް އިންޑިއާގެ ކެއުމަށް ރެސްޓޯރެންޓެއް ހުޅުވާނަމަ ސިގްނޭޗާ ޑިޝްއެއްގެ ގޮތުގައި ތަންދޫރީ ކުކުޅު ހުރޭ. ރާއްޖެިއން ވެސް މި މަގްބޫލު ތަންދޫރީ ޗިކެންގެ އަސްލު ރަހަ ސިގްނޭޗާ ޑިޝް އެއްގެ ގޮތުގައި ލިބެން މި ފެށީ،" މޯޓީ މަހަލްގެ އޮފިޝަލަކު ވިދާޅުވި އެވެ.

މޯޓީ މަހަލް ޑިލަކްސް ތަންދޫރީ ޓްރެއިލް ރެސްޓޯރެންޓް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން

މޯޓީ މަހަލް ކިޔާތީ އަޅައިގަންނަށް ގޮތެއް ހުރެދާނެ އެވެ. މި ނަން ކިޔާފައިވަނީ ތަންދޫރީ ކުކުޅުގެ މޭސްތިރިޔާ ކުންޑަން ލަލް ގުޖްރާތް އިންޑިއާގެ އާގްރާއަށް ކުރި ދަތުރެއްގެ ތެރެއިންނެވެ. އޭނާއަށް ތާޖްމަހަލް ކަމުދިޔަލެއް ބޮޑު ކަމުން އޭނާގެ ވިޔަފާރިއަށް ތާޖު މަހަލް އާއި ގުޅުވައިގެން ނަން ދިނީ އެވެ.

މޯޓީ މަހަލް ޑިލަކްސް ތަންދޫރީ ޓްރެއިލް ރެސްޓޯރެންޓުގެ ފަރާތުން މިނިސްޓަރު މަހުލޫފްއަށް ހަދިޔާކުރެއްވީ ތާޖް މަހަލް -- އަހްމަދް އަޔާދު / އަވަސް

ރޭ ރެސްޓޯރެންޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ވަރަށް ގިނަ އަދަދެއްގެ އިސް ބޭފުޅުން ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.

5 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ހިނި

ދެން އަންނާނެ މި އެއްމެނތައްވެސް. މި އީ މިހާރު އިންޑިޔާ ގެ އިސްޓޭޓެއް ވީ މަ. ކޮންމެހެން ދިވެހިންނައް މޮޅު ރަހަތަކެއް ދައްކާކަށެއް ނޫން. އެމީހުން ފެލާަލަން އަދިނުވިތާކައް ކެންސާރ ކޯސިން އެއްޗެހި އެމީހުނައް ކާންދޭން. މި މީހުންގެ ފައްޅީގެ ކުލަތަކާ ކެމިކަލް ތަކާ ގެރިގުޔާ އެއްކޮއްގެން ކުކުޅުގެ ބޭރުގަ ހާކައިގެން ތަންދޫރު އޭ ކިޔާފަ ދިވެހިން މޮޔަހައްދަން. އަހަރެމެން މިރުސްކޮޅެއް ފުޑައިގެން ކުކުޅު ފިހުނީމަ މާމީރު ސިއްޙީވެސް ވާނެ.

ބުނަންތޯ

އެއްކަލަ އިއްޒ... ބޭފުޅާދޯމިހުރީ؟ އެކަންވެސް އެނިމުނީ... ގޭގައި މަޑުކޮއްލަން އެނގީ މމޕރސ ގެ ފައިސާކޮޅެއް އެބޭފުޅާގެ އެކައުންޓަށް ކޮއްމެވެސް ގޮތަކުން ވަންކަން ސާބިތުވުމުން... ދެން އެކަން އެނިމުނީ މިހާރު އެއީ މާޒީ

މާމަ

ވަރަށް އަގު ބޮޑު.

ފަތުހީ

ތިޔަ ތަނުން ކައިފިން. ރަހަ ވެސް ކަމަކުނުދޭ. މޮޅެތި ތެލި ތަށި ހުރޭ. އަގުވެސް ވަރަސް ބޮޑު. 3 މީހުން ކާލީމަ އެރި 1200 ރުފިޔާ. މިވަރުން ކިހިނެއްވާނީ؟

ޖިއޯ މެހެލް

ހަހަ ރޯ އިތުރު 3 މީހުން ވެއިޓަރުން ގޮތުގައި މިތާގައި މަސައްކަތް ކުރާނެ. ވަރައް ވިސްނާލަން ޖެހޭ މަސްއަލައެއް ތިޔައީ .. މޯތީ މެހެލް ރާއްޖެއައީީ ނޫން ..ރާއްޖޭގެ ސިޔާސީ ގޮތުން ނުފޫޒް ހުރި ފަރާތަކާ ގުޅިގެން ގެނައީ ..ތިޔަ ރެސްޓޯރެންޓް އަށް ވަންނަ ދިވެހިން ވަރައް ވިސްނާތި ތިޔ ތާނގައި މަސައކަތް ކުރާ އިންޑިއާ ގެ 3 މީހަކީ ރޯ ގެ އެޖެންޓުން...މިހާރު އިދިކޮޅު ގައި ތިއބްވި ސިޔާސީ ހުރިހާ ފަރާތްތަކުން ސަމާލުކަން ދޭތި ،، މި 3 މީހުނައް ދިވެހިން ވާހަކ ދެއްކިޔަސް މިހާރުވެސް އިނގޭނެ..

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345