ސްރީލަންކާގެ ބޮމުގެ ހަމަލާ

ލަންކާގައި އުޅޭއިރު އަބަދުވެސް ޕާސްޕޯޓްގައި އަތުގައި ބޭއްވުމަށް އެދެފި

ލަންކާގައި ދިން ބޮމުގެ ހަމަލާތަކުގެ ސަބަބުން، އެ ގައުމުގެ ސިފައިން ހިންގާ އޮޕަރޭޝަނުގައި ބަލައި ފާސްކޮށް، ޗެކް ޕޮއިންޓްތަކުން ޕާސްޕޯޓް ޗެކްކުރަމުންދާތީ، ބޭރުގައި އުޅޭ ވަގުތުގައި ޕާސްޕޯޓް ގެންގުޅުމަށް ސްރިލަންކާގައި ހުންނަ ދިވެހި އެމްބަސީން އިލްތިމާސްކޮށްފި އެވެ.

އެމްބަސީން މިރޭ ވަނީ ސްރިލަންކާގެ ގާނޫނުތަކާއި ގަވާއިދާއި އެއްގޮތަށް ޕާސްޕޯޓުގެ ވިސާ ކަންތައް ފުރިހަމަ ވެފައިވޭތޯ ބެލުމަށްވެސް އިލްތިމާސްކޮށްފަ އެވެ. ސްރިލަންކާއަށް ދިން ހަމާލާތަކާއި ގުޅިގެން ބައެއް ދިވެހިން އުޅޭ ގެތައް ވެސް އެގައުމުގެ ސަލާމަތީ ބާރުތަކުން ދަނީ ބަލައި ފާސް ކުރަމުންނެވެ.

ސްރިލަންކާގެ ސަލާމަތީ ބާރުތަކުން ކުރިއަށް ގެންދާ އޮޕަރޭޝަންތަކަށް ފުރިހަމައަށް އެއްބާރުލުން ދިނުމަށް އެމްބަސީން ވަނީ އެދިފަ އެވެ. އެމްބަސީން މީގެކުރިން ބުނެފައިވަނީ އެ ގައުމުގެ ސަލާމާތީ ބާރުތަކުން ބަލައިފާސް ކުރަމުންދަނީ ހަމައެކަނި ދިވެހިން އުޅޭ ގެތަށް ނޫން ކަމަށެވެ. އަދި ޝައްކު ކުރެވޭ ގެތަށްވެސް ނޫން ކަމަށެވެ. އެމްބަސީން އިތުރަށް ބުނީ ސަލާމަތީ ބާރުތަކުން ކުރިއަށްގެންދާ އޮޕަރޭޝަަނެއްގެ ދަށުން ގެތައް ބަލަމުން ދަނީ ކަމަށެވެ.

މިދިޔަ އާދީއްތަ ދުވަހު ފުލުފުލުގައި ދިން ބޮމުގެ އަށް ހަމަލާއެއްގައި ވަނީ 359 މީހުން މަރުވެފަ އެވެ. އޭގެ ތެރޭގައި 45 ކުޑަކުދިން ހިމެނޭ ކަމަށް އދ. ގެ ކުޑަކުދިންނާ ގުޅޭ ޖަމިއްޔާ ޔުނިސެފް އިން ވަނީ ބުނެފަ އެވެ.