ހަބަރު

ބިއްލޫރިގަނޑު ތަޅާލައިގެންވަދެ ވައްްކަން ކޮށްފި

Apr 25, 2019
1

ބ. އަތޮޅު އޭދަފުށީގައި ހުންނަ ޕޯސްޓް އޮފީހުގެ ބިއްލޫރިގަނޑު ތަޅާލައިގެންވަދެ ވައްކަންކޮށްފި އެވެ.

ފުލުހުން ބުނީ، މިއަދު ހެނދުނު 8:30 ހާއިރު، އޭދަފުށީގައި ހުންނަ ޕޯސްޓް އޮފީހު ބިއްލޫރިގަނޑު ތަޅާލުމަށްފަހުވަދެ ވައްކަން ކޮށްފައިވާ ކަމަށެވެ. ވަގަށް ނަގާފައިވަނީ 1500 ރުފިޔާ ކަމަށާއި އިތުރު އެއްވެސް އެއްޗެއް ނަގާފައިނުވާ ކަމަށެވެ.

އެމައްސަލާގައި އެއްވެސް މީހަކު ހައްޔަރުކޮށްފައިވާކަމެއް ސާފެއް ނުވެ އެވެ. އެމައްސަލަ ފުލުހުން މިހާރު ދަނީ ތަހުގީގް ކުރަމުންނެވެ.