ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

އިސްކަންދަރުގެ "ނޮލެޖް ހަބް" ރައީސް އިފްތިތާހުކޮށްދެއްވައިފި

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ޖިޓަލް ލައިބްރަރީ ނުވަތަ ނޮލެޖް ހަބް އިފްތިތާހު ކުރުމުގެ ތެރެއިން ފޮޓޯ- ރައީސް އޮފީސް
0%
0%
0%

އިސްކަންދަރު ސްކޫލްގެ ޑިޖިޓަލް ލައިބްރަރީ ނުވަތަ ނޮލެޖް ހަބާއި އެ ސްކޫލްގެ އޮކްސްޓްރާ ބޭންޑް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު އިފްތިތާހު ކޮށްދެއްވައިފި އެވެ.

ރައީސް ސޯލިހު އިސްކަންދަރު ސްކޫލުގެ ނޮލެޖް ހަބް އިފުތިތާހު ކޮށްދެއްވާފައި ވަނީ އެ ސްކޫލަށް 58 ފުރުން ފާހަގަ ކުރަން މިއަދު ހެނދުނު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ. އެ ރަސްމިއްޔާތުގައި ރައީސް ވަނީ "ސޭވިން އަވަ ބިލަވްޑް ޕްލެނެޓް" ގެ ނަމުގައި އެސްކޫލްގައި ބާއްވާ އެގްޒިބިޝަން ވެސް ހުޅުއްވައިދެއްވައިފަ އެވެ.

އިސްކަންދަރު ސްކޫލުގެ އީ ލައިބްރަރީ ބައްލަވާލެއްވުމަށްފަހު މެހުމާނުންގެ ފޮތުގައި ރައީސް ސޮއި ކުރެއްވި އެވެ. މީގެ އިތުރުން ތިމާވެއްޓަށް އަހުލުވެރިކުރުމުގެ ގޮތުން ހިންގާ ހަރަކާތެއްގެ ތެރެއިން އިސްކަންދަރު ދަރިވަރުންނަށް ތިމާވެއްޓާ ރަށްޓެހި ފެންފުޅިވެސް ރައީސް ހަވާލުކޮށް ދެއްވި އެވެ.

ރައީސް ސޯލިހު ވަނީ އިސްކަންދަރު ސްކޫލަށް 30 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތް ކޮށްދީފައިވާ ފަރާތްތަކަށް ހަނދާނީ ފިލާ ހަވާލުކޮށްދެއްވާފަ އެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345